[HEADER BANNER]
[AD]

އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް 50 މޭލަށް ވައިގަދަވާނެ: މެޓް އޮފީސް

18 އޮގަސްޓު 2015 0

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މިއަދު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު 50 މޭލަށް ވައިގަދަ ވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

 މެޓު އޮފީހުން ވަނީ މިއަދުގެ ހެނދުނު 9:00 ން ފެށިގެން ހަވީރު 3:00 ށް މިސަރަހައްދަށް ވައިޓު އެލާރޓު ނެރެފައެވެ. މެޓު އޮފީހުން މޫސުން ލަފާކޮށްފައިވާ ގޮތުގައި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

 ރާއްޖޭގެ ކަނޑުތައް މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު،

ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާއްމުގޮތެއްގައި ހުރިހާ ފަރާތްތަކުން، ހާއްސަ ގޮތެއްގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

 

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ