[HEADER BANNER]
[AD]

ޖޫން މަސްވެސް ނިމުނީއެވެ!

14 ޖުލައި 2015 8

ޖޫންމަހުގެ ކުރިން ގެވަޅުދީ ނިންމާނެކަމަށް ކައުންސިލަރު މުހައްމަދު ރަޝީދު (މުންޒިރު މޯޑް) ބުނުއްވުމުން، "ބުރޯ" ވެގުން އުޅުނު ޒުވާނުން އަދިވެސްތިބީ އެކަމުގެ އިންތިޒާރުގައެވެ. ކޮންމެއަކަސް ޖޫންމަސް ނިމި ޖުލައި މަސް ދެބާ ވަނީއެވެ. އަދިވެސް އިންތިޒާރުކުރާ އުފާވެރި ޙަަބަރު ލިބޭގޮތެއް ނުވެއެވެ.

ލިބުނަސް ލިބެމުންދަނީ ހިތާމަވެރި ހަބަރުތަކެވެ. ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދެވޭކަށް ނެތްކަމުގެ ހަބަރެވެ. ކައުންސިލުން ދޫކުރުމަށް ނިންމާފައިވާ 100 ގޯތި ކައުންސިލްގެ އެއްވެސް މެންބަރަކަށް ނޭގި ލޭންޑް ސާރވޭ އޮތޯރިޓީއަށް ފޮނުވާއިގެން ކެންސަލް ކުރިކަމަށް އިދިކޮޅުމެންބަރުން، ކުރާ ތުހުމަތެވެ. ގެވަޅު ދޫކުރުން ވަނީ ވަކި މީހަކު ބުނެގެން މަޑު ޖައްސާލާފައި ކަމުގައި ކައުންސިލަރަކު ލިޔެފައި އޮއްވާވެސް ދުށީމެވެ. އަށެއްކަ އަހަރު ގެވަޅުގެ އިންތިޒާރީގައި ތިބި މީހުންނަށް މާޔޫސްކަން ނޫން އިތުރުކަމެއް ނެތީބާއެވެ.

ގެވަޅު ދިނުމުގެ ކަންތަކުގައި ކުޑަނަމަވެސް އުފާވެރި ހަބަރެއް ދެއްވި މުހައްމަދު ރަޝީދު (މުންޒިރު މޯޑް) އާއި، މިހާރު ގެވަޅުދިނުމުގެ ކަންތައް ކުރިޔަށްދާގޮތް އޮޅުން ފިލުވުމަށް، އެކި ވަސީލަތްތައް ބޭނުންކޮށްގެން ގުޅޭތޯ ކުރިމަސައްކަތް، އެބޭފުޅާ ޖަވާބު ނުދެއްވާތީ ކާމިޔާބުވާގޮތެއް ނުވިއެވެ. މިއަހަރުގެ ފެބުރުއަރީ މަހު އެބޭފުޅާ ވިދާޅުވީ ޖޫން މަހުގެ ކުރިން ގެވަޅު ދީ ނިންމާނެ ކަމަށާއި، "ހަމަ ނޭވާ ލާނީ އެކަން ކޮށްފައި" ކަމަށެވެ. އެބޭފުޅާގެ ހަބަރެއްނުވަނީ އަދިވެސް އެބޭފުޅާއަށް ހަމަނޭވާ ނުލެވޭތީ ކަމަށް ވެދާނެއެވެ.

ކޮންމެއަކަސް ގެވަޅު ދޭނެކަމުގެ އިންތިޒާރުގައި ތިބި ޒުވާނުން މިހާރުތިބީ މާޔޫސް ކަމުގައެވެ. "އޭރުވެސް އެނގޭ ބުރޯ ކުރީ ފޯލްސް ޕްރޮމިސްއެއްކަން، ދެން ވަރަށް ސަލާމޭ ބުނެވޭނީ" އިންތިޒާރުގައި ހުރި ޒުވާނަކު ބުންޏެވެ. ތަންކޮޅެއް ތައުލީމީ ޒުވާނަކު ބުނީ ގެވަޅު ދޭނެކަން ނުވަތަ ނޫންކަން ކައުންސިލުން މިހާރު ބުނެދޭން ޖެހޭކަމުގައެވެ. "އަހަރެމެންވެސް ޕްލޭންތައް މިހަދަނީ އެކަންކަމަށް ރިޔާޔަތްކޮށް، އެހެންވީމާ މީގަ ވާނުވާ އޮޅުންފިލުވާދޭން އެބަޖެހޭ" އޭނާ ބުންޏެވެ.

[BOTTOM CONTENT BANNER]
ގެވަޅު ދޫކުރުން, އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތިޔަވާހަކަ ކިތައްމެވަރަކަށް ލިޔުނަސް ވާނެކަމެއް ހަރާމުން ހަރާމް!

– 14 ޖުލައި 2015 0

މިއޮތީ އަދީބު ޔަގީންވެފަތާ

– 14 ޖުލައި 2015 0

ހެޔޮނުވާނެ ތިޔަ މޯޑުގެ ވާހަކަ ނުދައްކަބަލަ․ ބޮޑު އުނދަގުލެއް․

– 14 ޖުލައި 2015 0

2015 ވަނަ އަހަރުގެ އެންމެ ބޮޑު ފެއިލިއަރ․ މަރުހަބާ․

– 14 ޖުލައި 2015 0

ރައްޔިތުން ހަނާވަނީ․ ކައުންސިލަރުން ސެލްފީ ނެގުމުގަ އަވަދިނެތި․

– 14 ޖުލައި 2015 0

ސަރުކާރަށްވެސް ހުތުރެއްނު․

– 14 ޖުލައި 2015 0

މުންޒިރު މުހައްމަދު އަކީ އަގަ ފޮނިއެއް․․․․․އެބޭފުޅާ ދައްކާނީ ހުސް ދޮގު․․․․․

– 14 ޖުލައި 2015 0

ސަރުކާރަށް އެކަންޏެއް ނޫން․ ކައުންސިލަށްވެސް ހުތުރުު․

– 14 ޖުލައި 2015 0