ކަނދޮޅުމާ ޖަގަހައަށް ގެއްލުންދީފި

9 ޖުލައި 2015 0

ފުލުހުންގެ ތަޙުޤީޤަށް ކަނދޮޅުމާ ޖަގަހަ ބަންދުކޮށްފައި... ފޮޓޯ: ކިޔުންތެރިއެއް (އިހަވަންދޫ.ކޮމް ވައިބަރ ގްރޫޕް)

ނިމިދިޔަ ރިޔާސީ އިންތިޙާބުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކެމްޕެއިން ކުރުމަށްޓަކައި ހުޅުވި "ކަނދޮޅުމާ ޖަގަހަ" އަށް ރޭގެ ވަގުތެއްގައި ގެއްލުންތަކެއް ދީފިއެވެ.

އެގޮތުން އެޖަގަހާގައި ހުރި ޖޯލިފަތިތައް ކޮށާލާފައިވާއިރު ޖަގަހައިގެ ވަށައިގެން ދަމާފައިވާ ސަތަރިވަނީ އިރާލާފައެވެ. އަދި ޖަގަހާގައި ހަރުކޮށްފައި ހުރި ޓީވީއަށް ގުޅާފައިވާ ކޭބަލްތަކަށްވަނީ ގެއްލުން ދީފައެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު 10:30 ގައި އެފަދަ މައްސަލައެއް އާންމު ފަރާތަކުން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިމައްސަލަ ފުލުހުން މިހާރުދަނީ ތަޙުޤީޤު ކުރަމުންނެވެ.

އެމްޑީޕީ އިހަވަންދޫ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ