[HEADER BANNER]
[AD]

ޕީޓީއޭ އިން އިންތިޒާމުކޮށްގެން ދީނީ ނަސޭހަތްދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސި


ޝައިޙް ފަރީދު އިހަވަންދޫގައިި ދަރުސްދެއްވަނީ...

އިހަވަންދޫ މަދަރުސާގެ ޕޭރެންޓްސް ޓީޗަރސް އެސޯސިއޭޝަން (ޕީޓީއޭ) އިން އިންތިޒާމުކޮށްގެން ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮއްސިއެވެ. އިއްޔެއާއި މިއަދު ކުރިޔަށް ގެންދިޔަ މިޕްރޮގްރާމުގައި ދީނީ ނަސޭހަތް ދެއްވާފައިވަނީ އައްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުއެވެ.

ޕީޓީއޭ އިން ކުރިޔަށް ގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ މިޕްރޮގްރާމުގައި އިއްޔެ މެންދުރުވަނީ އިހަވަންދޫ މަދަރުސާގެ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ސެޝަނެއް ބާއްވައިފައެވެ. އަދި މިޕރްގްރާމުގެ ތެރެއިން، އެންމެހައި ރައްޔިތުންނަށް ހުޅުވައިލައިގެން އިހަވަންދޫ މަދަރުސާގައި ރޭ ދަރުސްދީފައިވާއިރު މިއަދު ހެނދުނުވަނީ އިހަވަންދޫ މަދަރުސާގެ މުއައްޒަފުންނަށް ޙާއްސަކޮށް ނަސޭހަތްދިނުމުގެ ސެޝަނެއް ކުރިޔަށް ގެންގޮހެވެ.

މީގެއިތުރުން ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުގައިވެސް ޕީޓީއޭގެ ފަރާތުން އިހަވަންދޫ މަދަރުސާގެ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންނަށް ހުޅުވައިލައިގެން ޤުރްއާން ކުލާސްތަކެއް ކުރިޔަށްގެންދަމުންދާކަން ފާހަގަކުރެވެއެވެ. ދެކުލާހަކަށް ދަރިވަރުން ބަހާލައިގެން ކުރިޔަށްގެންދާ މިކުލާސްތަކުގައި ކިޔަވައިދެއްވަނީ ތަރާވީޙް ނަމާދު ކުރުމަށް އިހަވަންދޫއަށް ގެނެސްފައިވާ ޕާކިސްތާނުގެ ޙާފިޒުންނެވެ.

 

[BOTTOM CONTENT BANNER]
ޕީޓީއޭ, އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ