ބޭރަށް ހިންގުމުގެ ރޯގާއެއް ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި

13 ޖޫން 2015 0

ހއ. އަތޮޅު ހޮސްޕިޓަލުގައި ބަލިމީހުންތަކެއް ފަރުވާހޯދުމަށް ކިޔުގައި މަޑޫކޮށްލައިގެން.

މިދުވަސްވަރު މާލެއާއި އަތޮޅު ތެރޭގައި ބޭރަށް ހިންގުމުގެ ރޯގާ އިތުރުވެފައި ވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން އިއްޔެ ނެރުނު ފުޑު އެލާޓުގައި ވަނީ މިދުވަސްވަރު މުޅި ރާއްޖޭގައިވެސް ބޭރަށް ހިންގުމުގެ ރޯގާ އިތުރުވަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށާއި މިދުވަސްވަރަކީ މާހެފުންތަކާއި ގެއިން ބޭރުން ކެއުން އިތުރުވެފައިވާ ދުވަސްވަރަކަށްވުމުން ކެއިންބުއިމުގަޔާއި އެތަކެތި ތައްޔާރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރާ ކަމަށެވެ.

ބޭރަށް ހިންގާނަމަ ގިނައިން ދިޔާތަކެއްޗާއި ލޮނު ޕެކެޓް ބޭނުން ކުރުމަށާއި މާ ބޮޑަށް ވަރުދެރަވާނަމަ އަވަހަށް ފަރުވާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި އިތުރު މަޢުލޫމާތު ބޭޏުންވެއްޖެ ނަމަ އެ އެޖެންސީގެ ކޮމިއުނިކަބަލް ޑިވިޝަންގެ 3014333 ނުވަތަ 3014496 އާއި ގުޅުއްވާ މަޢުލޫމާތު ހޯއްދެވުމަށްވެސް އެ އެޖެންސީން އެދިލައްވައެވެ. 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ