[HEADER BANNER]
[AD]

ތަޢާވުން މިސްކިތުގައި ކުރަމުންދިޔަ ކާޕެޓް އެޅުމުގެ މަސައްކަތް ނިމިއްޖެ


މަސްޖިދު ތަޢާވުންގައި ކާޕެޓް އަޅާފައި...//./ ފޮޓޯ: ކިޔުންތެރިއެއް

ކުލަބު ޕޯލްސްޓަރއިން އިސްނަގައިގެން ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އިހަވަންދޫ މަސްޖިދު ތަޢާވުންގައި ކުރަމުންދިޔަ ކާޕެޓް އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.

ސްޕެކްޓްރާ ކޮންސެޕްޓްސްއާ ހަވާލުކޮށްގެން ކުރި މިމަސައްކަތުން މިސްކިތުގެ އެތެރޭގައި އެއްކޮށް ކާޕެޓް އަޅާފައިވާއިރު މަސައްކަތް އިންތިޒާމުކުރި ފަރާތުންވަނީ ސާފުކުރުމަށް ބޭނުންކުރާ ކާޗާ މެޝެނެއް މިސްކިތަށް ހަދިޔާކޮށްފައެވެ. މަސްޖިދު ތަޢާވުންގައި ކާޕެޓު އެޅުމުގެ މަސައްކަތް ކުރުމަށްޓަކައި މިމަހުގެ 3 ން 10 ވަނަ ދުވަހަށް މިސްކިތުގައި ނަމާދުކުރުންވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ނަމަވެސް އެމުއްދަތުގެ ކުރިން (އިއްޔެ ހަވީރު) މަސައްކަތް ނިންމާލެވިފައިވާތީ އެކަން އިހަވަންދޫ ކައުންސިލް އިދާރާއަށް މިހާރުވާނީ އަންގާފައިކަމަށް މަސައްކަތް އިންތިޒާމުކުރި ކުލަބު ޕޯލްސްޓަރއިން މައުލޫމާތު ދެއެވެ.

[BOTTOM CONTENT BANNER]
މަސްޖިދުއްތަޢާވުން, ކްލަބް ޕޯލްސްޓާރ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ