[AD]
ކާޕެޓް އެޅުމާށް ތަޢާވުން މިސްކިތުގައި ނަމާދުކުރުން މެދުކަނޑާލައިފި
5 ޖޫން 2015
0

މަސްޖިދު ތަޢާވުންގައި ކާޕެޓް އެޅުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: މުހައްމަދު އަބުދުއްސަމަދު
ކުލަބު ޕޯލްސްޓަރއިން އިސްނަގައިގެން ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު އިހަވަންދޫ މަސްޖިދު ތަޢާވުންގައި ކާޕެޓް އެޅުމުގެ މަސައްކަތް ކުރަމުންދާތީ އެމިސްކިތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.
އިހަވަންދޫ ކައުންސިލް އިދާރާއިން އެކެމާއި ގުޅޭގޮތުން، މިމަހުގެ ތިންވަނަދުވަހު ކޮށްފައިވާ އިއުލާނުގައި ވަނީ ދެން އެމިސްކިތުގައި ނަމާދުކުރަން ފަށާނީ މިމަހުގެ ދިހައެއްވާ ބުދަ ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ކަމުގައެވެ.
މަސްޖިދު ތަޢާވުންގައި ކާޕެޓް އެޅުމުގެ މަސައްކަތަށް 150000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާ ޙަރަދުވާނެކަމަށް މައުލޫމާތު ލިބެއެވެ.
ޚިޔާލު ފައުޅުކުރުން