ލައިފް ބުރޭންޑުގެ ބައެއް ފެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގައިފި

22 މެއި 2015 0

ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އަންގާފައި ވަނީ ލައިފް ބުރޭންޑްގެ ބެޗް ނަންބަރު 226 ގެ ފެން

ރާއްޖޭގައި އުފައްދާ އަދި ވިއްކާ ލައިފް ބްރޭންޑުގެ ބައެއް ފެންފުޅީގައި، ބޯ ފެނުގައި ހުރުން އެކަށީގެން ނުވާ ވަހާއި ކުނޑި ހުރިކަން ފާހަގަކުރެވިފައިވާތީ އެ ބްރޭންޑުގެ  ބެޗް ނަންބަރު 226ގެ ފެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރެފައިވާ ފުޑް އެލަރޓެއްގައި ބުނެފައިވަނީ  "މީގެ އިތުރުންވެސް އެއްވެސް ވަހެއް ނުވަތަ އެއްވެސް ކުނޑިއެއް ނުވަތަ މިނޫންވެސް އިތުރު އެއްޗެއްގެ އަސަރު ހުރި ކަމަށް ފާހަގަ ކުރެވޭ ލައިފް ބްރޭންޑުގެ ފެން ނުވިއްކުމަށާއި ބޭނުން ނުކުރުމަށް" ދަންނަވާ ކަމުގައެވެ. އަދި ލައިފް ފެނުގެ އެމައްސަލަ އެ އޮތޯރިޓީން އިތުރަށް ބަލަމުން އަންނަ ކަމަށާއި އިތުރު ދިރާސާ އާއި ލެބޯޓްރީ ތަހުލީލްތައްވެސް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ ބްރޭންޑުގެ ފެނުން އެއްވެސް ކަހަލަ ވަހެއް ނުވަތަ ކުނޑިއެއް ފާހަގަ ކުރެވިއްޖެ ނަމަ އެކަން ލަސްނުކުރައްވާ އެ އޮތޯރިޓީއަށް މަޢުލޫމާތު ހިއްސާ ކުރެއްވުމަށްވެސް އެއޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ