އައިހެވަން މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް ސައުދީން 1 މިލިޔަން ޑޮލަރު ލިބިއްޖެ

21 މެއި 2015 0

އައިހެވަން މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް ސައުދީން 1 މިލިޔަން ޑޮލަރު ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް އިތުރު ދެ މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސައުދީ ސަރުކާރުން ހަދިޔާކުރި ދެ މިލިއަން ޑޮލަރުގެ ތެރެއިން އެއް މިލިއަން ޑޮލަރު ހަރަދުކުރާނީ އައިހެވަން މަޝްރޫއުގެ ފީސިބިލިޓީ ހެދުމަށް ކަމަށެވެ. އަދި އަނެއް 1 މިލިޔަން ޑޮލަރު ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ބޭނުންކުރައްވާނެ ކަމަށްވެސް ޝައިނީގެ ޓްވީޓުގައި ވެއެވެ.

މީގެ ކުރިން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެފައި ވަނީ ބޮސްޓަން ކޮންސަލްޓިން އިން ހަދާ އައިހެވަންގެ ދިރާސާތަކުގެ ތެރޭގައި ހައިހެވަން މަޝްރޫޢު އަކީ ފައިނޭންޝަލް އަދި ޓެކްނިކަލް ފީސިބިލީގެ މަސައްކަތްތަކެއްތޯ ބަލާނެއެވެ. އެގޮތުން އިހަވަންދިއްޕޮޅަކީ އިންވެސްޓަރުން އިންވެސްޓްކުރުމަށް ކިހާ ޝައުގުވެރި ތަނެއްތޯ ދިރާސާކުރާނެކަމަށާއި، އެތަނުގައި އެންމެ އެކަށީގެންވަނީ ކޮންކޮން މަޝްރޫއުތަކެއްތޯވެސް ބަލާނެއެވެ. މިގޮތުން އިހަވަންދިއްޕޮޅުގައި ކުރާ ޓެކްނިކަލް ފީސިބިލިޓީގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެސަރަހައްދުގެ ފުންމިނާއި އެތަން އުފެދިފައިވާ ގޮތް ދިރާސާކުރުމުގެ އިތުރަށް، ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ހަ ކޮމްޕޯނެންޓަކީ އެސަރަހައްދުގައި ތަރައްގީކުރަން އެންމެ އެކަށޭނަ ކަންކަންތޯ ބެލުމަށްވަނީ ހަމަޖެހިފައެވެ.

އުތުރުގެ ތަނަވަސްކަމުގެ މައި ދޮރޯށި ގޮތުގައި ރައީސް ޔާމިން ސިފަކުރައްވާފައިވާ މި ބޮޑު މަޝްރޫއަށް ޗައިނާ އަދި އިންޑިއާގެ ކުންފުނިތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

އައިހެވަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ