ގުރޭޑް ފަހަކުން މަތީގެ ދަރިވަރުންނަށް ދިވެހި ރަދީފު ހިލޭ ދެނީ

14 މެއި 2015 1

ދިވެހި ކިޔަވާކުދިންނަށް ޚާއްސަކޮށްގެން ދިވެހި ބަހުގެ އެކަޑަމީން އިއްޔެ ނެރުނު "ދަރިވަރުންގެ ދިވެހި ރަދީފް" ބަސް ފޮތް މިއަންނައަހަރު ގްރޭޑް ފަހަކުން ފެށިގެން މަތީގެ ގްރޭޑްތަކަށް ލިބޭނެކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން މިއަދު ނެރުނު ބަސްފޮތް އިފްތިތާހު ކޮށްދެއްވާ މިނިސްޓަރު ވިދާޅުވީ ދިވެހި ރަދީފަކީ ދަރިވަރުންނަށް ދާއިމަށް ލިބިދޭންޖެހޭ ވަސީލަތަކަށް ވާން ޖެހޭ ކަމަށާއި، އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ދަރިވަރުންގެ ފޮތްލިސްޓުގެ ތެރެއިން އެ ރަދީފު ގްރޭޑް ފަހަކުން ފެށިގެން މަތީގެ ހުރިހާ ދަރިވަރުންނަށް ލިބޭނޭ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. 

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ރަދީފް ދޭން ނިންމީ ދިވެހިރަދީފަކީ ޤައުމީ މަންހަޖުގެ މައިގަނޑު އަސާސްތަކަށް ފެންދޭނެ މުހިންމު ވަސީލަތެއްކަމަށްވެފަ، ދިވެހިކިޔަވާކުދިންނަށް ނުހަނު ގިނަގުނަ ފައިދާތައް އެއިން ލިބިދޭނޭ ބާރުގަދަ ހަތިޔާރަކަށް އެފޮތް ވާތީކަމަށެވެ.  

ރަދީފްގެ މުހިންމުކަން ހާމަކުރައްވައި މިނިސްޓަރ ވިދާޅުވީ ބަސްފޮތަކީ އެންމެންނަށްވެސް ވަރަށް މުހިންމު އެއްޗެއްކަމަށާއި ނަމަވެސް ބަސްކިޔަވާ ދަރިވަރުންނަށް ވަކިން ޚާއްސަކޮށް ބަސްފޮތް މުހިންމުވާކަމަށެވެ.

ދަރިވަރުންގެ ދިވެހި ރަދީފް އިފްތިތާހުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އާއި ދިވެހި ބަހަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސާރޗް ކުރި ބަސް ރަދީފުގަ ނެތީމަ ވަރަށް ދެރަ ․․․

– 29 މެއި 2016 0