މެދުތެރެއާއި އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ: މެޓް

10 މެއި 2015 0

ގަދަ ވަޔާއި އެކު މިއަދު އިހަވަންދޫއަށް ކުރި ވިއްސާރާގައި ވެއްޓިފައިވާ ގަހެއް. ފޮޓޯ: ކިޔުންތެރިއެއް.

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މިއަދާއި މާދަމާވެސް ރާއްޖޭގެެ މެދުތެރެއާއި އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލަޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 10:00 ން މާދަމާގެ ހެނދުނު 10:00 އަށް މޫސުން ލަފާކޮށްފައިވާ ގޮތުގައި އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެި އެކު ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.

އަދި މިއަދާއި މާދަމާ، ހުޅަނގުދެކުނާއި ހުޅަނގުން އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލު ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއިދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުބާރުމިނަށް ވައިގަދަވެގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.  އަދި މާދަމާގެ ހެނދުނު 10:00 އާ ހަމައަށް އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެންހިސާބުތަކުގެ ކަނޑުތައް ގަދަވާނ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ