މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވާ މެމްބަރުންތެރޭ މެމްބަރު މުޙައްމަދު ޢަބުދުﷲ ހިމެނިއްޖެ

6 މެއި 2015 1

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށް އެއްވެސް ސަބަބެއް އެންގުމަކާނުލައި ޖަލްސާތަކަށް ވަޑައިނުގަންނަވާ 20 މެމްބަރުން ތިއްބެވިއިރު އިހަވަންދޫ ދާއިރާގެ އިތްޒަތްތެރި މެމްބަރު މުޙައްމަދު ޢަބުދުﷲ، ގެ ނަންފުޅުވެސް އެލިސްޓުގައި ހިމެނިފައިވާކަން މަޖިލީހުން އާންމުކުރި ހާޒިރީ ރެކޯޑުން ދައްކައިފިއެވެ.

އެއްވެސް ސަބަބެއް އެންގުމަކާނުލައި ޖަލްސާތަކަށް ވަޑައިނުގަންނަވާނަމަ މަޖިލީހުން ބައްލަވަނީ އެއީ އެދުވަހުގެ ޖަލްސާއަށް ވަޑައިނުގަންނަވާ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް މިގޮތަށް ޖަލްސާއަށް ވަޑައިނުގެންނަމަވެސް މެމްބަރުންގެ އެލަވަންސްތަކުން އެއްވެސް މިންވަރެއް އުނި ނުކުރާކަންވެސް ފާހަގަ ކުރެވެއެވެ.

18 ވަނަ ރައްޔިތުން މަޖިލީހުގެ 2015 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުން އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ވަޑައިގެންނެވީ 86 އިންސައްތަ ޖަލްސާއަށެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ހާޒިރީ ރެކޯޑުން ދައްކާގޮތުގައި އަލަށް އިންތިޚާބުކުރި 18 ވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ބާއްވާފައިވަނީ ޖުމުލަ 23 ޖަލްސާއެވެ. އޭގެތެރެއިން އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) ހާޒިރުވެފައިވަނީ 20 ޖަލްސާއަށެވެ. އެބޭފުޅާ ހާޒިރުނުވާ ތިންޖަލްސާއަކީ އެއްވެސް ސަބަބެއް އެންގުމަކާ ނުލައި ވަޑައިނުގަންނަވާ ތިން ޖަލްސާކަން ފާހަގަ ކުރެވެއެވެ.

ހާޒިރީ ރިޕޯޓުން ދައްކާގޮތުން މި ދައުރުގައި ބޭއްވި ހުރިހާ ޖަލްސާއަކަށް 38 މެމްބަރުން ވަނީ ވަޑައިގެންފައެވެ. އަދި މިއަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކަށް އެންމެ މަދުން ވަޑައިގެންނެވި މެމްބަރަކީ އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އެވެ. އެބޭފުޅާ ވަޑައިގެންނެވީ އެންމެ 4 ޖަލްސާ އަށެވެ.

މުހައްމަދު އަބުދުﷲ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

# ލަދު

– 6 މެއި 2015 0