ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިން ބޯޑަށް އައްޔަން ކުރަން މަހުމޫދުގެ ނަން މަޖިލީހަށް ފޮނުވައިފި

29 އޭޕުރީލު 2015 1

މަހުމޫދު އަލީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމުގައި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސ) އުވާލައި އާ ގާނޫނަކުން އިއްޔަ އުފެއްދި ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިން ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން، މަޖިލީހަށް ފޮނުވި ހަތް ބޭފުޅުންގެ ނަމުގެ ތެރޭގައި ހއ. އިހަވަންދޫ ނޫފަރު މަހުމޫދު އަލީ ހިމެނިއްޖެއެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގަވާނިން ބޯޑަށް ހަތް ބޭފުޅެއް އައްޔަންކުރަންޖެހޭއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެ ބޭފުޅުންގެ ނަން ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިން ބޯޑަށް ރައީސް ޔާމީން އައްޔަން ކުރެއްވުމަށް ފޮނުވި ބޭފުޅުންނަކީ، އެމްބީސީގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވި އިބްރާހިމް އުމަރު މަނިކާއި ވީމީޑިއާގެ ސީއީއޯ އިބްރާހިމް ހަލީލާއި ވީމީޑިއާގެ ކުރީގެ ޑިރެކްޓަ ޖެނެރަލް އިކްރާމް އަބްދުއްލަތީފާއި އައިމިނަތު ޝާޔަން ޝާހިދާއި ތ. ވިލުފުށީ ހުސްނުހީނާގޭ އިބްރާހިމް ހިލްމީ އާއި މއ. ޕެންޒީ މުހައްމަދު ޝާގިލް އަދި ހއ. އިހަވަންދޫ ނޫފަރު މަހުމޫދު އަލީ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި، ދައުލަތުގެ މީޑިއާ ހިންގަން އާ ކުންފުންޏެއް އުފައްދަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސް އަބްދުﷲ ޔާމީން އިއްޔަ ތަސްދީގު ކުރެއްވުމާ އެކު، އެމްބީސީ އުވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މަސްއޫލިއްޔަތުތައް ވެސް ނިމުމަކަށް ވަނީ އައިހެވެ.

އެމްބީސީ ގާނޫނުގައި އަދި އިއްޔެ ތަސްދީގުކުރެއްވި ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގައި ވެސް މައިގަނޑު މަގުސަދަކީ މިނިވަން އެޑިޓޯރިއަލެއް އޮތުންކަމަށް ބުނެފައި ވީނަމަވެސް އެހެން މިނިވަން ބޯޑުތަކާއި ހިލާފަށް، ޕަބްލިކް ސާވިސް މީޑިއާގެ ހަތް މެމްބަރުންގެ ގަވާނިން ބޯޑަށް ބޭފުޅުން އައްޔަން ކުރަނީ އިއުލާން ކުރުމެއް ނެތި ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ބައެއްގެ ނަން މަޖިލީހަށް ފޮނުވައިގެންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ނުހައްޤުން ނުދޮރާށިން ތިޔަފަދަ ޒުވާން ބޭފުޅުން މަޤާމްތަކާ ހަވާލުވާތީ ލަދު ހީވޭ․ މަހަމޫދަށް އެނގޭނެ ތީ ކިހިނެއް ހިނގާ ކަމެއްކަން

– 29 އޭޕުރީލު 2015 1