[HEADER BANNER]
[AD]

އެ ޙުކުމު

15 އޭޕުރީލު 2015 6

މެންދަމު ދުނިޔެމައްޗަށްޖެހެމުން ދިޔަ ފިނިވައި ކުޑަދޮރުން ކޮޓަރިތެރޭގައި ދައުރު ވަމުން ދަނިކޮށް، ޒާރިފު އަށް ހޭވެރިކަން ގެނުވީ، ކޮޓަރީގެ ދޮރުގައި މީހަކު ތަޅާ އަޑުފަށްގަޑެވެ. އެދުންތެދުވަން ބަލާލިއިރު، އަނބިމީހާ، ޒަރާ، ގުގުރީގެ ރާގުގައި، ވަނީ ޒާރިފުގެ މޭމަތީގައި ގަދަ ނިންޖަކުން ނިދާފައެވެ. އެހެންކަމުން ޒަރާ އެއްކައިރި ކޮށްލުމަށްފަހު ނިދާ ހެދުމުގައި ދޮރާ ދިމާއަށް ޒާރިފު ހިގައިގަތެވެ. ނަމަވެސް، އެއީ ޙިޔާލު ތަކަކާއި އެކު އެވެ. ވާނީވެސް އެހެންތާއެވެ؟ ގިނަފަހަރަށް މިގޮތަކަށް ދަންވަރު އިވޭ "ޓަކި" ވެފައިވަނީ ސަލާމަތީ ބާރު ތަކުން އިއްވާ ޓައްކަށެެވެ. މި ކަހަލަ ކަމެއް ވަނީ ދާދި މިދާކަށް ދުވަހުވެސް މި އަވަށްގަޑުގައި ހިގާފައެވެ.  

ދޮރު ހުޅުވުމުގެ ބަދަލުގައި، ޑޯ ވިއުވަރއިން ބޭރު ބަލާލުމުން ޒާރިފަށް ސިހުން ގެނުވިއެވެ. ފެނުނީ ކުލަ ހެދުމުގައި ތިބި ހަތަރު ވަރަކަށް ފިރިހެނެކެވެ. ބެލެވޭގޮތުގައި އެއިން އެކަކުގެ އަތުގައި ކަރުދާސް ގަޑެއް އޮތެވެ.

ސިޔާސީ ކަންކަމުގައި ޒަމާންތަކެއް ވަންދެން އުޅެން ޖެހުމުން، މި އަވަށްގަޑުގައި ދިރިއުޅޭ އެންމެ ޖެހިލުން ކުޑަ އެކަކުގެ ގޮތުގައި ޒާރިފު އެހެން މީހުން ފާހަގަ ކުރެއެވެ. ލައިގެން ހުރި ގަންޖުފުރާހާއި، އަނދެފައި ހުރި މުންޑަށް ބެލުމެއް ނެތި، ޖެހިލުން ކުޑަކަމާއި އެކު ދޮރު ހުޅުވާލުމުން، އެތަނުން އެކަކު ބުންޏެވެ.

"އަޅުގަނޑުމެން މިއީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފުލުހުން... މި އޮތީ ކޯޓު އަމުރު... މަނިކުފާނު ބައްލަވާ ލައްވާ...އަޅުގަނޑުމެންނާ އެކު ހިންގަވާ"

ވެރިކަންކުރި އިރު އޯގާތެރިކަން އިސްކުރެއްވި ޒާރިފު، ހިނިތުން ވުމާއެކު އެކު އެ  ކަރުދާހުގައި ލިޔެވިފައިވާ އެއްޗެއް ބަލާލިއެވެ. ލިޔުން ލިޔެފައިވަނީ ކުރިމިނަލް ކޯޓުންނެވެ. އަދި މިހާރު ކުރެވެމުންނާ ޝަރީޢަތަށް ފިލާފާނެ ކަމުގެ ބިރަށް ޒާރިފު، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އޭގައި ލިޔެފައިވެއެވެ.  ލިޔުން ކިޔާލުމަށްފަހު،

 "އާދެ..އަޅުނގަނޑަށް ވަގުތު ކޮޅެއްދެއްވާ.... ހެދުން ބަދަލުކޮށްލާ ..ޢާއިލާއާއި ބައްދަލުކޮށްލަވަން" މިހެން ވިިދާޅުވުމަށް ފަހު ޒާރިފު ކޮޓަރިތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.

ކޮޓަރި ލައްޕާލާފައި އިރުކޮޅެއްފަހުން ޒާރިފު ނިކުމީ އަނބިމީހާ ޒަރާ އާއި އެކު އެވެ.އަދި ކުދިންނަށް ގޮވާލުމަށް ޒަރާގެ ކިބައިން ޒާރިފު އެދެނެވެ.

"ޒަރާ..އެމަންޖެ މެންނަށް ގޮވާލާ...ބަންދަށް ދިއުމުގެ ކުރިން އެކުދިން ދެކިލާހިތްވޭ...އަދި ކަލު ސަޔެއް ގެއިން ބޯލާހިތްވޭ.."

މި ބަސްތަކާއި  އެކު ކުދިން ހޭވާލެއްވުމަށްހަދު ޒާރިފުއަށް އަބަދުވެސް މީރުކޮށް ފަރިއްކޮޅުވޭ ކަލު ސަޔާއި ފާރޮށި ތައްޔާރު ކުރުމަށް ޒަރާ އަވަސްވެގަތެވެ.

މި ފަަހަރު ޒާރިފު އާންމުކޮށް ހަވީރު ބައްލަވާ ފާރޮށި މި ބައްލަވަންޖެހެނީ  ފުލުހުންގެ ހާޟިރުގައި މެެންދަމު، 3.00 ޖަހާ އިރުއެވެ. ސައި ފޮދު ހިއްޕެވުމަށްފަހު ޒާރިފު ކުދިންނާ ބައްދާލައި ހަދާފައި ބުނެލީ ހަމަ އެންމެ ވާހަކައެވެ.

"ތިކުދިންގެ ބައްޕައާއި މެދު އިހާނެތިކޮށް ކަންތައް ކުރާމީހުންނަށްވެސް މާފުކޮށްދީ ހެދުމަށް ދަސްކުރަން ވާނެ..." މިހެންނެވެ.

އެހެންހާދިސާތައް ކަވަރު ކުރުމަށް ހޭލަ މޭލައަށް އެނބުރޭ މީޑިއާ އަށް މި ކަންތައް މާކައިރިން ކަވަރު ކުރެވޭ ގޮތްވެފައިނުވަނީ ގަޑީގެ ގޮތުން ނާއި ފުލުހުން ހިންގީ ވަރަށް ސިއްރު އޮޕަރޭޝަނަކަށް ވުމުންނެެވެ.

ހެނދުނު އިރުއިރުމާއެކު، އަވަށްގަޑުގެ މީހުން ރައްކާކޮށްފައި އޮތް މާވަަހަރެއް ގެއްލިގެން އުޅުނު ކަހަލައެެވެ. އަވަށްގަޑުގެ ގިނަ މީހުން އެދުވަހު ބަދިގެއަށް ހުޅު ލީ ޒާރިފު ފުލުހުންގެ ބަންދަށް ގެންދިޔަ ވާހަކައިންނެވެ.

ކޮންމެ މީހަކުވެސް ހައިރާން ކަމާއެކު ބެނެލަނީ

"...އޭ ...ގެންދިޔައީއޭ...ކޮން އިރަކު....ނުވާނެ ތިހިނެއް...؟

 ސައި ހޮޓާ ތަކުގައި އާއި ކަންމަތީ ފިހާރަތަކުގެ ސޭޓުންވެސް އެވާހަކައި ގައެވެ. ސްކޫލުތަކުގައި އާއި ސަރުކާރުގެ އޮފީސްތަކުގައި އެވާހަކަ ދެއްކުމަށް ބައެއްމުވައްޒަފުން ޖެހިލުން ވީ ކަމުގައި ވީ ނަމަވެސް، އެ އަޑު ތައް ހުށްޓެެވެ.

ހަޤީޤަތަކީ އާދައިގެ ދިރިއުޅުމަށް ލޯބިކުރާ ޒާރިފަކީ މި އަވަށުގެ ރައީސްކަން ކޮށްފައިވާ މީހަކަށް ވުމެވެ. އިދިކޮޅު ސިޔާސީ ލީޑަރުންގެ ބަޣާވާތާއެކު ވެރިކަން ބަދަލުކޮށްލި ނަމަވެސް، ނިމި ދިޔަ ރައްޔިތުންގެ ބަސް ބުނުމުގައިވެސް، 50 އިންސައްތަ އާއި ކައިރި ކުރާ ޢަދަދަކަށް ރައްޔިތުންގެ ރުހުމާއި ލޯބި ލިބުމެވެ.

ޖެހިގެން އައި ދުވަހުގެ ރޭ، ޒާރިފު، ފަޑިޔާރު މަނިކުފާނު ކުރިމައްޗަށް ހާޟިރު ކުރެވުނެވެ. ހިންގޭ ޝަރީޢަތަކީ ކޮބައިކަމެއް ހަމަ އެއް ގޮތަކަށްވެސް  އެހާ ސާފެއް ނޫނެވެ. ބުނެވެނީ ކޮންމެވެސް މީހަކަށް ބިރު ދެއްކި ކަމުގެ ވާހަކައެެވެ.

ފަނޑިޔާރުމަނިކުފާނު. :ވަނަވަރަކީ ކޮބާ؟

ޒާރިފު: "ޒާރިފު ފިރާޒު/ ބަޤާވާގުގެ."

ފަނޑިޔާރުމަނިކުފާނު: މައްސަލަ ސާބިތުވާވަރަށް ހެކި އެބަހުރި.... އެހެން ކަމުން އެއްވެސް އެއްޗެއްގެ ބުނުމުގެ ފުރުޞަަތު ތިކޮޅަށް އެރުވޭކަށް ނެތް...އެހެން ނޫނަސް މިކަން މާދިގުލާގެން ގެންގޮސްފި ނަމަ އަޅުގަޑަށް ވަރަށް ނުރައްކާ ވާނެ..."

ޒާރިފު"...އެހެންތޯ...ބައްލަވާ..އަޅުގަނޑަށް އެއްޗެކޭ ބުނުމުގެ ފުރުޞަތު ދެއްވާ...؟

ފަނޑިޔާރުމަނިކުފާނު: ..ސޮރީ...އަޅުގަނޑަށް ވާ ލާހިކެއް ނޫން..ހުކުމް އޮތީ ލިޔެ ޗާޕު ކުރެވިފައި..؟

 ޒާރިފު: " ކުރިއަށް ގެންދަވާ...."

ފަނޑިޔާރުމަނިކުފާނު" ދެންފަހެ، ކަމެއް ކުރިއަށް ނުކުރިއަސް ޒާރިފު ފިރާޒު/ ބަޤާވާގުގެ ، 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރަން"

މިއީ އެ ޙުކުމެވެ. މަޔަކާއި ފުރާވަރުގެ ދެ ކުދިންނަށް ހިތްދަތިކަން ގެނުވި ހުކުމެވެ. އަވަށް ގަޑުގެ މީހުން ނިދާފައި ތިއްބާ އަވަސް އަރުވާލި ހުކުމެވެ. ދިފާޢުގައި ބަސްބުނާނެ ފުރުޞަތު ނުދިން ހުކުމެވެ. ފަނޑިޔާރުމަނިކުފާނު ބިރުން ހުރެ ކުރެއްވި ހުކުމެެވެ. އަދުލު އިންސާފުން އެއްކިބާއިން ކުރެވުނު ހުކުމެވެ. 13 ފަށްކޮށްފައި 13 އަހަރަށް ކުރެވުނު އަވަށްގަޑުގެ ބޮޑު ހުކުމެވެ. ރޭވިގެން ކުރެވުނު ހުކުމެެވެ.

މި ހުމުކާއި އެކު އަވަށްގަޑަށް ގެއްލުނު "ބޮޑު މާވަހަރު" ހޯދަށް އެމީހުން ތެދުވާން މިހާރު ވަނީ އެވަަށްގަޑުގެ ވެރިންނަށް ތިބި ބޮޑުން ނިންމާފައެވެ. މަސައްކަތް މާދަމާވެސް ފަށާފާނެއެވެ.

[BOTTOM CONTENT BANNER]
ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ސަޅި ލިޔުމެއް․ ކިޔާހިތުން ކިޔާލެވުނު

– 15 އޭޕުރީލު 2015 0

މިއީ ރައީސް ނަޟީދު ވާހަކަ ދޯ

– 15 އޭޕުރީލު 2015 0

ހާދަ ސަޅި އޭ ގެނެސްދީފައިވާ ގޮތް

– 15 އޭޕުރީލު 2015 0

މީގަ ބުނާ މާވަހަރަކީ ކޮބާ؟

– 16 އޭޕުރީލު 2015 0

ވާހަކައިގައި ގެންނަން އުޅުނު ހިޔާލު ފުރިހަމަ ކުރުމަށް އިތުރު މައުޟޫމާތު ހޯދުން ކުޑަކަން ފާހަގަ ކުރަން․ މިސާލަކަށް ކޯޓްތަކުގައި ކަންހިގާ ގޮތުގެ․․ <br>ސްޕެލިން މިސްޓޭކް ވަރަށް ބޮޑުކަން ފާހަގަ ކުރަން․ <br>ވަކި އެއްޗެއް ބުނޭދޭން ހަދާގެން ވާހަކައިގެ ފޯކަސް ވަނީ ގެއްލިފަކަން ވެސ ފާހަގަ ކުރަން <br>

– 19 އޭޕުރީލު 2015 0

ސިޔާސީ ގޮތުން ވަކި ކަމެއް ހާސިލްކުރަން ލިޔެފައިވާ އެއްވެސް އިބްރަތެއް ހާސިލް ވާކަމަށް ފާހަގަ ނުކުރެވޭ ލިޔުމެއް․

– 19 އޭޕުރީލު 2015 0