[HEADER BANNER]
[AD]

މަދަރުސާގެ ބިން ސާފުކުރުމުގައި ޖޭއޭ މަނަފަރު ރިސޯޓުން ދެއްވީ ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް: ޕުރިންސިޕަލް

14 އޭޕުރީލު 2015 3

ޖޭ.އޭ. މަނަފަރު ރިސޯޓުގެ މުވައްޒަފުން ރުއްތައް ކެނޑުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ. ފޮޓޯ: އިހަވަންދޫމަދަރުސާ

އިހަވަންދޫ މަދަރުސާގެ ދަރިވަރުންނަށް އިތުރުހަރަކާތްތައް ހިންގުމަށްޓަކައި ލިބިފައިވާ ބިން ސާފުކުރުމުގައި ޖޭއޭ މަނަފަރު ރިސޯޓުން ވެދެެއްވީ ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއްކަމަށް އިހަވަންދޫ މަދަރުސާގެ ޕުރިންސިޕަލް އަލްފާޟިލް އަޙުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ޕުރިންސިޕަލް އަޙުމަދު ރަޝީދު މިނޫހަށް ދެއްވި އިންޓަރވިއު އެއްގައި  ވިދާޅުވީ މަދަރުސާގެ ބިން ސާފުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ގޮތުން ބިމުގައި ހުރި ރުއްތައް ކަނޑާދީފައި ވަނީ ޖޭއޭ މަނަފަރު ރިސޯޓުގެ ފަރާތުން ކަމަށެވެ. އެގޮތުން މަނަފަރު ރިސޯޓުގެ ގެ މުވައްޒަފުންނާއި ކަމަށް ބޭނުންވާ ސާމާނާއި އެކު ކޮންމެ ދުވަހަކު އިހަވަންދުއަށް އައިސް ކުރި މަސައްކަތުން ބިމުގައި ހުރި 73 ރުއް ކަނޑާފައިވާ ކަމަށާއި މަނަފަރު ރިސޯޓުގެ ފަރާތުން މިލިބުނު ފުރިހަމަ އެއްބާރުލެއްވުން  އިހަވަންދޫ މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިން ނާއި މުވައްޒަފުން އަދި މެނޭޖުމަންޓުން ވަރަށް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމަށް ޕުރިންސިޕަލް ވިދާޅުވިއެވެ.

އަދި ކުރިއަށްއޮތް ތަނުގައިވެސް މަނަފަރު ރިސޯރޓުން އިހަވަންދޫ މަދަރުސާގެ އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ޖޭއޭ މަނަފަރު ރިސޯރޓުގެ މެނޭޖުމަންޓުން ވިދާޅުވެފައިވާ ކަމަށާއި މިއީ މަނަފަރު ރިސޯޓާއި އިހަވަންދޫ މަދަރުސާއާއި ދެމެދު އޮތް ގާތް ގުޅުން ދައްކުވާދޭ ކަމެއްކަމަށް ޕުރިންސިޕަލް ފާހަގަ ކުރެއްވިއެވެ.

ބިންސާފުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މައިގަނޑު އެންމެހާ މަސައްކަތްތައް ކޮށްދެއްވާފައިވަނީ ޖޭއޭ މަނަފަރު ރިސޯޓުންކަމަށް ޕުރިންސިޕަލް ފާހަގަ ކުރައްވާފައިވާއިރު، މިދިޔަ ހޮނިހިރުގައި، އެސަރަހައްދުގައި ހުރި ތަކެތި އުކާލުމާއި ރުއްބުޑުތައް ވަކިކޮށްދިނުމުގައިވެސް މަނަފަރުގެ މުވައްޒަފުން ބައިވެރިވެފައިވާކަން ފާހަގަ ކުރެވެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވާދޭ ކުލާހަކާއި އެކު ގުރޭޑް 1 ން 12 އަށް ތަޢުލީމު ފޯރުކޮށްދޭ  އިހަވަންދޫ މަދަރުސާގައި މިއަހަރު 600 އަށްވުރެ ގިނަ ދަރިވަރުނ ތަޢުލީމު ހާސިލް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ މަދަރުސާ, ޕީޓީއޭ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޝުކުރިއްޔާ ޝިޔާމް․ ޝުކުރިއްޔާ ޕުރިންސިޕަލް․

– 14 އޭޕުރީލު 2015 1

ޝިޔާމް އާ މިކަމާ ކޮންގުޅުމެއް އޮތީ․․ ޝިޔާމްގެ ތަނެއްނޫން މަނަފަރަކީ․․

– 15 އޭޕުރީލު 2015 0

ޖޭ އޭ މަނަފަރު ރިޒޯޓްގެ ހީވާގި، އިޚުލާޞްތެރި، ޚިދުމަތްތެރި އައު މެނޭޖް މެންޓަށާއި މަހާތީރު، އަދި ސިރާޒަށާއި ޓޮމާޓޯ ގްރޫޕަށް ވަރަށްބޮޑަށް ޝުކުރުދަންނަވަން․ ޚާއްޞަ ޝުކުރު ޖަބަލް ޢަލީ <br> <br>މިހާރުގެ މެނޭޖު މެންޓަކީ ހިންގުންތެރި ޓީމެއްކަން ވަރަށް ބޮޑަށް ފާހަގަ ކުރަން <br>

– 16 އޭޕުރީލު 2015 0