[HEADER BANNER]
[AD]

އެސްޓީއޯ ފާމަސީ ބަންދުކުރަން އެންގުމަށްފަހު އަނެއްކާވެސް ހުޅުވުމުގެ ހުއްދަ ދީފި

7 އޭޕުރީލު 2015 3

އިހަވަންދޫގައި ހުންނަ އެސްޓީއޯ ފާމަސީ ބަންދުކުރުމަށް އެންގުމަށްފަހު އަނެއްކާވެސް ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިނޫހަށް މައުލޫމާތު ދީފިއެވެ.

"ފާމަސިސްޓުންނެތި އެތަނުގައި ބޭސްވިއްކަމުންދާކަމުގެ ޝަކުވާ ލިބޭތީ އިއްޔަ އަޅުގަނޑުމެންވާނީ އެފާމަސީ ބަންދުކުރުމަށް އަންގާފަ. ނަމަވެސް އަނެއްކާވެސް މިއަދު އަޅުގަނޑުމެންވާނީ ހުއްދަ ދީފައި. އެއީ އެކޮޅުން މިއަދު އަންގަވާފައިވަނީ އަހުމަދު ރަޝީދު ކިޔާ ހެލްތް އޮފިސަރެއްގެ ބެލުމުގެ ދަށުން ކަމަށް ބޭސްވިއްކަމުންދާނީ" އިހަވަންދޫގައި ހުންނަ އެސްޓީއޯ ފާމަސީ ބަންދުކުރަން އެންގިކަމުގެ މައުލޫމާތު ލިބުމުން އެކަމާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ގުޅައިލުމުން އެތަނުގެ އޮފިޝަލަކު ބުންޏެވެ.

އޭނާ އިތުރަށްބުނީ ފުރަތަމަ ފާމަސީ ހުޅުވީ އަހުމަދު ރަޝީދުގެ ބެލުމުގެ ދަށުން ބޭސްވިއްކާ ގޮތަށް ކަމަށްވިޔަސް ފަހުން އެބޭފުޅާ އެކަމަށް އުޒުރުވެރިވީ ކަމުގައެވެ. "ނަމަވެސް އަނެއްކާ މިއަދު އެބޭފުޅާގެ ސިޓީއެއް ލިބިއްޖެ އެބޭފުޅާގެ ބެލުމުގެ ދަށުންކަމަށް އެކަން ކުރިޔަށްދާނީ. އެހެންވެ އަނެއްކާވެސް ހުއްދަދިނީ" ކަންހިގާފައިވާ ގޮތް އޭނާ ތަފްސީލް ކޮށްދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔަވެސް ރައްޔިތުންގެ ތެރެއިންބަޔަކު ވަނީ އެސްޓީއޯ ބޭސްފިހާރަގައި ފާމަސިސްޓުންނެތި ބޭސްވިއްކަމުންދާކަމުގެ ޝަކުވާއާއި އެކު އިހަވަންދޫ ސިއްހީމަރުކަޒަށް ގޮސްފައެވެ.

ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާރަށެއްގައި އެސްޓީއޯ ފާމަސީ ހުޅުވުމަށް ސަރުކާރުން ކުރިޔަށްގެންދާ މަސްރޫއުގެ ދަށުން، ހއ.އިހަވަންދޫގައި އެސްޓީއޯގެ ފާމަސީ އެއް ހުޅުވައިފާ ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަދުވަހުއެވެ.

[BOTTOM CONTENT BANNER]
އެސްޓިއޯ ބޭސްފިހާރަ, އެސްޓީއޯ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އަހުމަދު ރަޝީދު ބޮލަށް ބަޔަކު ޗިޕްޖަހާފި․ ތިތަނުން ބޭސްވިއްކާގެން މީހަކަށް ގެއްލުމެއްވެއްޖެއާ އޭނާބޮލަށް ކަނޑާލީމަ ވީ ހެހެހެ

– 7 އޭޕުރީލު 2015 0

އިންސާނުންގެ ފުރާނަ ކުޅޭކުޅޭ އެއްޗަކަށް

– 7 އޭޕުރީލު 2015 0

ފްޑް އެންޑް ޑްރަގް އޮތޯރިޓީން ބަލަންވާ ވަރަށް ނުބަލައި ހުއްދަ ދީފައިވާކަން ފާހަގަ ކުރެވޭ․ އަދި މިގޮތަށް މިކަންވާކަމަށް ވަންޔާ ކޮންމެ ގެއެއްގައި ބޭސްފިހާރައެއް ހުޅުވައި ކޮންމެވެސް މީހެއްގެ ނަންމަތީ ހުއްދަ ހޯދައި އާންމުން ބޭސް ވިއްކަން ފެށުން އެކަށީގެންވޭ․ މިފަދަ ކަންކަމަކީ ދެވޭ ނުބައި މެސެޖެއް․

– 9 އޭޕުރީލު 2015 0