މަސްތުވާތަކެތި ހޯދުމަށް ބޭނުންކުރާ ކުއްތާތައް ގެންނަން ފަށައިފި

25 މާރިޗު 2015 0

ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި އަތުލައިގަތުމުގެ މަސައްކަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކުއްތާތައް ރާއްޖެ ގެންނަން ފަށައިފިއެވެ.

މިގޮތުން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ 16 ކުއްތާގެ ތެރެއިން 5 ކުއްތާއެއް ރޭ ވަނީ މާލެ ގެނެސްފައެވެ. ފުލުހުން ބުނެފައިވަނީ މިއީ މަސްތުވާ ތަކެތީގެ ވަބާއިން ދިވެހި ޤައުމު ސަލާމަތްކޮށް، މަސްތުވާތަކެތީގެ ނުރައްކަލުން ޒުވާނުން ދުރުހެލިކޮށް، ޢާއިލާތަކަށް ރައްކާތެރިކަން ހޯދައިދީ ރާއްޖެއިން މަސްތުވާތަކެތީގެ ބިރުވެރިކަން ނައްތާލުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް ރާއްޖޭގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފާރަގެމައިގެ ދަށުން ރާއްޖެ ގެންނަ ކުއްތާތަކެއް ކަމަށެވެ.

ރާއްޖެއަށް ކުއްތާތައް ގެންނަން ފެށުމާއެކު ފާރަގެމަގެ އޮޕަރޭޝަންތައް ރަސްމީ ގޮތުން ފެށިގެން ދާނެ ކަމަށާއި އެދުވަހުން ފެށިގެން ބައެއް ތަމްރީނުތައްވެސް ފެށިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

 

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ