[HEADER BANNER]
[AD]

އިހަވަންދޫގައި ޑަކުޓަރީ ބޭސްވިއްކުން - މި ސަރުކާރުގެ ފަޓާސްއާއި ހަވާގައި ޖެހި، ޖޯކަކަށްވީތޯ؟

23 މާރިޗު 2015 34

އެސްޓިއޯ އިން އިހަވަންދޫގައި ހިންގަމުންދާ ފާމަސީ ފޮޓޯ: އެސްޓީއޯ

1/7/1978މ ގައި ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 78/75،"ބޭހުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމާބޭހޭ ޤާނޫނު" ރާއްޖޭގައި ޑަކުޓަރީ ބޭހުގެ ވިޔަފާރި ކުރައްވާ ފަރާތްތައް ވަރަށް ރަނގަޅަށް އަހުލުވެރިވާންޖެހެއެވެ. ޑޮކްޓަރެއްގެ  ބޭސް ސިޓީއެއް ނެތި ބޭނުން ކުރާން ނުވާ ބޭސް މިނިސްޓްރީ އޮފް ހެލްތު ގެ ހުއްދައާއި ނުލައި ވިއްކުމަކީ މަނާކަމެކެވެ. ނަމަވެސް، އުފެދޭ ސުވާލަކީ މި ޤާނޫނަށް އަޅުގަނޑުމެން ޢަމަލު ކުރުމުގައި ދެމި ހުރެވެނީ ކިހާ މިންވަރަކަށްތޯއެވެ؟

ބޭސް ދޫކުރެވޭނީ ފާމަސިސްޓުންނަށެވެ. މިގޮތުން ބޭހާއި ބެހޭ ޤަވާއިދު ، ޤަވާޢިދު ނަންބަރު2014/ R-46  ގެ 5 ވަނަ މާއްދާގެ 5.1 ގައި ބަޔާން ކުރަނީ " ފާމަސިސްޓަކަށް ޑަކުޓަރީ ބޭސް ފިހާރައްގައި ބޭސް ދޫކުރުމުގު މަސައްކަތް ކުރެވޭނީ އެ މީހަކު އެ ބޭސް ފިހާރައެއްގައި ޑަކުޓަރީ ބޭސްދޫކުރުމަށް މޯލްޑިވެސް ފުޑު އެންޑު ޑުރަގު އޮތޯރިޓީގައި ރަޖިސްޓްރީ ކުރެވި ހުއްދަ ލިބިގެންނެވެ". އަދި މިގޮތުން ބޭސްފިހާރައިގައި ބޭސް ދޫކުރާ ފާމަސިސްޓުންނަކީ ކަމުގެ ޙާއްޞަ ތަމްރީނު ހަދާފައި ތިބި ބަޔަކަށް ވާންޖެހެއެވެ. އެންމެ ދަށްމިންގަޑަކުން ބެލި ކަމުގައިވީ ނަމަވެސް، ސަރުކާރު ޤަބޫލުކުރާ މަރުކަޒަކުން، އެޑްވާންސް ސެޓިފިކެޓު އިން ފާރމަސީ ނުވަތަ ޑިޕްލޮމާއިން ފާރމަސީ ޙާޞިލް ކުރަން ޖެހެއެވެ. އަދި މޯލްޑިވްސް ބޯޑު އޮފް ހެލްތު ސައިންސް ގައި ރަޖިސްޓްރީ ކުރަން ޖެހެއެވެ. ހަމަ މި ޤާނޫނުގެ 7 ވަނަ މާއްދާގައި ބުނަނީ ޑޮކުޓަރުގެ ލިޔުމެއްނެތި ދޫކުރަން ހުއްދަކުރެވިފައިވާ ބޭސްވެސް ދޫކުރެވޭނީ ހަމައެކަނި "ފާމަސިސްޓުން" ނަން ކަމަށެވެ.

ނަމަވެސް ހިތާމައަކީ އިހަވަންދޫގެ އެސް.ޓީ.އޯ ގެ ބޭސްފިހާރައިން ބޭސް ދޫކުރާއިރު ޤާނޫނު ނަންބަރު 78/75 އަދި ޤަވާޢިދު ނަންބަރު2014/ R-46   އަށް ބެލުމެއްނެތި ބޭސްދޫކުރަމުން ދާކަމެވެ. ވަކި ބަޔަކަށް ވަޒީފާތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ، އޭލެވެލް ނުވަތަ އޯ ލެވެލް ހަދާފައިވާ ފަރާތްތައް މެދުވެރިކޮށް ޑަކުޓަރީ ބޭސް ދޫކުރުމުގެ އިންތިޒާމު ބޭސްފިހާރައިން ހަމަ ޖެހި ފައި އޮތުމީ ، މުޖުތަމަޢުއަށް ނުރައްކައު ތެރި ކަމެވެ. ހިތްނުތަނަވަސް ކަމާއި ބިރުވެރިކަން ގެނުވާ ކަމެކެވެ. ނުބައި ބޭސްތަކުންނާއި ނުބައި އިންޖެކްޝަން ތަކުން ރައްޔިތުންނަށް ގެނުވި "ދުޅަ" ކަމާއި "ކެކުޅުން" އަދި އަޅުގަނޑުމެން ހަނދާނުން ނެތޭހާ ދުވަހެއް ނުވެއެވެ. އެއީ ކައިރި މާޒީއެވެ. ގޯހެއް ނޭގިނެން ހެދުމަށްވުރެން، ގޯސްކޮން ކަންތައްކޮށް ގޯސް ހެދުވުން މާ ގޯހެވެ. ޤަވާޢިދު ނަންބަރ2014/ R-46   އަށް ޢަމަލުނުކުރާ ނަމަ ތިރީގައވާ ފިޔަވަޅުތައް އަޅަން ޖެހެއެވެ.

1 ނަޞޭހަތްދިނުމާއި އެކު އެކަމެއް އިޞްލާހުކުރުމަށް މުއްދަތެއް ދިނުން

2. 500 ރުފިޔާއާއި 2000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުން

3. ދީފައިވާ ހުއްދަ 14 ސާދަ ދުވަހަށްވުރެން ދިގު ނޫން މުއްދަތަކަށް ބާތިލް ކުރުން

4. މައްސަލަ ޝަރީޢަތަށް ހުށަހެޅުން

އިހަވަންދޫގެ މުޖުތަމަޢުގެ ރައްކާތެރިކަމަށް މި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ. މި ލިޔުން ލިޔެލަން މި ޖެހުނީ އަޅުގަނޑުގެ މަންމަގެ ކަންބޮޑުވުންތައް މިކަމާއި އަޅުގަނޑާއި ޙިއްޞާކުރި ހާލު މަންމަގެ އެދުމުގެ މަތިން އެހެނަސް، ހުރިހާ ފަރުދުންގެ ރައްކާތެރިކަމަށް ވިސްނައިގެންނެވެ.

[BOTTOM CONTENT BANNER]
އެސްޓިއޯ ބޭސްފިހާރަ, އެސްޓީއޯ, ޚާއްސަ ރިޕޯޓު, ފެންތަށި

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

އޯހް․ ނޯ․․ މީހުންގެ ފުރާނަޔަށް ނުރައްކާވިޔަސް ބަލާލުމެއްނެތި ވަޢުދު ފުއްދުނީމަ ނިމުނީތަ․

– 23 މާރިޗު 2015 0

ވަގުތުން ފިޔަވަޅު އަޅާ!!!!!

– 23 މާރިޗު 2015 0

ޕާޓީ މީހުންނަށްވީ ވައުދު ފުއްދަނީ! ލޮލް

– 23 މާރިޗު 2015 0

މީ މައަބަދުވެސް މިކިޔާ އެއްޗަކީ. ވަޒީފާއަށް މީހުން ނެގުމަށް މަޤާމުތައް އިޢުލާނުކުރާއިރު އޮންނަނީ ނަގާނެ މީހުންގެ ލިސްޓެއް ނަގައި ފައިނަލްކޮށްފަ. އެވަރިހަމަ ކޮންމެ ފެންވަރެއްގެ މީހަކަށްވިޔަސް. ކޮރަޕުޝަނުން ފުރިފަވާ ސަރުކާރެއްގަ، ކޮރަޕްޝަނުން ފުރިފަވާ ކައުންސިލެއްގަ، ކޮރަޕުޝަނުން ތައްތެޅިފައިވާ ސިޔާސީ އެކްޓިވިސްޓުން ގިނަ ތަނެއްގަ ތީ ހަމަ ނުވެ ނުދާނޭ ކަމެއް. މިނިވަސް މުއައްސަސާއޭ އެކިޔާ އިހަވަންދޫ ކޯޓަށް ވޮޗަރުން ނެގީވެސް ހަމަ އެފަދަ ގޮތަކަށް، ވޮޗަރުން ނަށް އިޢުލާނުކުރީވެސް ގޭ ކުއްޖާއަށް، ޕާޓީ ކުއްޖާއަށް ވަޒީފާ ދިނުމަށްފަހު.

– 23 މާރިޗު 2015 0

މާދަމާ ނޫންކަމެއް ނޭނގެ ރައީސް ޔާމިން ގިރުވާން ކޮޅަށްޖަހާލާފަ ބުނާނީ ރާއްޖޭގެ ކޮންމެ ރަށެއްގައި މިހާރު ހުންނާނީ އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވާފައޭ․ ދެން ވަޒީފާ ލިބުނު އެކްޓިވިސްޓުން ތިބޭނެ އަތްޖަހާލަ ޖަހާލާ․ މަ ހުންނާނަން ހެވިފަ․

– 23 މާރިޗު 2015 0

ސުބުޙާނަﷲ․ އިތުރަކަށް އެއްޗެއް ބުނާކަށް ނެތިން․

– 23 މާރިޗު 2015 0

ވަޒީފާ ލިބުނު ކުދިންވެސް ތީގައި ސަހަލެއް ނޫނެވެ․ އެސްޓިއޯން ބުންޏަސް ބޭސްވިއްކާގެން ނުވާނެ․ ތިމާ ތިކަމުގަ ކުއްވެރިވާނެކަން ނޭގެނީތަ؟

– 23 މާރިޗު 2015 0

އެސްޓީއޯއިން މައުސޫމު ކުދިން ތަކެއް ލައްވާ ކުއްކުރުވަނީއެވެ․ ޕާޓީމީހުން އެކަމާ އުފާކުރަނީއެވެ․ ކައުންސިލަރ މުހައްމަދު އެކުދިން ކުއްކުރާތަން ފޮޓޯ ނަގާފަ އެފްބީއަށް ލާފަ․ ޝުކުރިއްޔާ ޔާމިން އޭ ބުނެލަނީ އެވެ․

– 23 މާރިޗު 2015 0

ކާކު މިކަމުގައި ޒިންމާ ނަގަންޖެހޭނީ

– 23 މާރިޗު 2015 0

ކޮންބައެއްތަ ފާމަސިސްޓުންގެ ގޮތުގައި މިހާރު މަސައްކަތް ކުރަނީ․․․․ކޮންމެވެސް ކުއްޖަކު ބެނެލަބަ

– 23 މާރިޗު 2015 0

ރަށުކުދިންތަކަކަށް ވަޒީފާލިބި އާމްދަނީއެއް ލިބޭތީ މިސައިޓް ހިންގާ ފަރާތްތަކުން ހާދަޖޭވެއޭ․

– 23 މާރިޗު 2015 2

ނިކަމެތި އަޅުގަނޑަކީ ފާމަސި ކޯހުގެ އެކްރެޑިޓޭޝަން ބޯޑުން ލެވެލް 3 ގެ ދަރަޖަ ދީފައިވާ ކޯހެއް ފުރިހަމަކޮށް ކޯސްހަދާފަ ހުރި މީހަކީމް․ ވަޒީފާއަށް އިއުލާނު ކުރީމަ ކުރިމަތިވެސްލީމް․ ދެން އިވުނީ ބަޔަކަށް އެވަޒީފާ ދިން އަޑު․ އަދި އަދަށްދަންދެންވެސް އަޅުގަނޑު ހުށައެޅި ސިޓީއަކަށް ޖަވާބެއް ނުލިބޭ․ މިއަށް ކިޔާނީ ކީކޭތޯ؟ އަޅުގަނޑަކީވެސް މި އިހަަވަންދޫއަށް އުފަން މީހަކީމް․

– 23 މާރިޗު 2015 0

ރަށުކުދިންތަކަކަށް ވަޒީފާލިބި އާމްދަނީ ލިބުނީމަ ނިމުނީދޯ؟ ރަށުގެ ބައެއް މިސްކިއްތަކުގެ މަސައްކަތު މީހުންނަށް ސިކުނޑި ހަމަނުޖެހޭ މީހުން އިންޓަރވިއުއަކާ ނުލާ ނަގާފަ․ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް․ ރަށުގެ އިންޖީނުގެއަށް ކިރިޔާ ލިޔަން ކިޔަން ދަންނަ ނުދަންނަފަދަ މީހުންނަށް އިންޓަރވިއު އަކާނުލާ މެނޭޖަރުކަން ދީފަ․ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް․ ރަށުގެ ސިއްހީމަރުކަޒަށް ހެލްތު ކިޔަންވެސް ނޭނގޭ މީހަކަށް ތަބަކަކަށްލާފަ ވެރިކަން ދީފަ․ ހުރިހާ ދެރައެއް ރައްޔިތުންނަށް․ ރަށުކުދިންނަށް ވަޒީފާލިބި އާމަދަނީލިބެތީ އަހަރެމެން މިތެބެނީ ހެވިފަ․ ރަނގަޅަށް ކިޔަވާގެން އަންނަ ކުދިން މާޔޫސްވެ ބިކަވީމަ އަހަރެމެން މިތެބެނީ ހެވިފަ އަތްޖަހާލަ ޖަހާލާ․ ވަރަށް ބަރާބަރު․ އަމިއްލަ އެދުން ބޮޑަސް މީ ދެން ބޮޑުވަރު

– 23 މާރިޗު 2015 0

މިތާގަ ކޮމެންޓް ކުރާ ކުދިންގެ މައުލޫމާތަށްޓަކާ ބުނެލަން․ ވަޒީފާއަށް އިއުލާނު ކުރާއިރު ވަޒީފާ ދޭނެ ފަރާތްތައް ނިންމުން އެއީ ހަމައެކަނި އިހަވަންދޫގަ ކުރާ ކަމެއް ނޫން․ މި މަހިބަދޫގަވެސް ހާލަތު ހުރީ ހަމަ އެހެން․ ކެމްޕޭނު ކޮށްދިން ފަރާތްތަކުގެ ދަރިންނަށާ އާއިލާތަކަށް ވަޒީފާތަށްދީ ހުސްކޮށްފި․

– 23 މާރިޗު 2015 0

މިތާހުންނަ ކޮމެންޓަށް ލައިކް ނުކުރެވެނީ ކީއްވެ․ މަމިބޭނުންކުރަނީ ފަޔަފަޮކްސް․

– 23 މާރިޗު 2015 0

އެއޮތޯ ކޯސްހަދާފަ ހުރި ކުއްޖަކު މިވަޒީފާއަށް ކުރިމަތިލީކަންވެސް އެނގިފަ․ މިހާރު ފެންވަރަކަށް ނުބަލަ․ އެކްޓިވިސްޓުންގެ ދަރިންނަށް ވަޒީފާ ދެނީ․ އެންޓި ކޮރަޕްޝަންވެސް ނިދާފަ․

– 24 މާރިޗު 2015 0

މީ އެމްޑީޕީ ވެރިކަމުގަ ހިނގި ކަމެއްނަމަ، ފިރާޒް ހީނުވޭ ކަހާތަން ހިރުވާލާނޭވެސް․

– 24 މާރިޗު 2015 4

ތިތަނުން މަށަށް ގޯސްކޮށް ބޭސްވިއްކީމަ ވަގުތުން ދިޔާން ޕޮލިހަށް މައްސަލަ ހުށައަޅަން․ މައްސަލަ ހުށައެޅީމަ އެމީހުން ފެށީ ހޭން․ މިސަރުކާރުގެ އެންމެންގާތަށް ތިބެނީ ފާޑެއްގެ ހިންޏެއް އާސް․ ރައީސް އިނގިލި ވަތަށް ޖެހީމަ އިހަވަންދޫން އެންމެ ގަދަޔަށް ހިނިއައި މީހުންގެ ތެރޭގަ ކައުންސިލަރ މޯޑު ހިމެނޭ․ އެފްބީ ސްޓޭޓަސް ބެލީމަ މީ ތެދެއްކަން އެނގޭނެ․

– 24 މާރިޗު 2015 1

ވަޒީފާ ދީފަތިބި ކުދިންގެ ނަންލިޔެފަ ފޮނުވާ ކޮމެންޓު ޖަހާ ނުދެނީ ކީއްވެ؟

– 24 މާރިޗު 2015 2

ރައީސް އިނގިލި ވަތަށް ޖެހީއޭ؟ ތަމްބު ޑައުންގެ ދިވެހި ގޮތަކީ އެއީތަ؟ ސަޅި ބަހެއް․ މަށަށް އަދި ކިރިޔާ މި އިނގުނީ

– 24 މާރިޗު 2015 0

ފިރާޒް މިލިއުން ލިޔުނީމަ އޭނަގެ އަބުރު ކަތިލަން މަސައްކަތް ފަށާނެކަން ކުރިންވެސް އެނގޭ! ތިޔަކުރައްވާ ހިއްވަރަށް ސާބަސް․

– 24 މާރިޗު 2015 0

ހަވާ ހަވާ ހަވާ ފަޓާސް ސަރުކާރު

– 24 މާރިޗު 2015 0

ކޮބާ ސެލްފީ ކައުންސިލަރުން․ ރައްޔިތުންގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭ

– 24 މާރިޗު 2015 0

ހަވާ އަރުވަންވީ․ ކޮބާ ނަންތައް؟ ބައެއް ކޮމެންޓު ނުޖަހަންދޯ؟

– 24 މާރިޗު 2015 0

ފެނަކަ އާއި ބިނަކަ․ އާސިފާއި މަދަނަ․ ރައްޔިތުން ހަނާވަނީ

– 25 މާރިޗު 2015 0

ތަޢުލީމީ ޒުވާނުން ކިމަކުގައި އިސްނަަގަންޖެހޭ

– 25 މާރިޗު 2015 0

ބޭސް ވިއްކުން ވަގުތުން ހުއްޓާލާ!

– 25 މާރިޗު 2015 0

އެންމެން މަޑުން ތި ތިބެނީ މީ ކުޑަ ކަމެއް ނޫން އިނގޭތޯ؟

– 25 މާރިޗު 2015 0

ފިރާޟް މަންމަ ބުނެގެން މި ލިޔުން ލިޔެލި ކަމަށްޓަކައި ޝުކުރު․ ފިރާޟް މަންމަ އަކީވެސް ލީޑަރެއް ކަމަށް މިހާރު ޤަބޫލު ކުރަން․

– 25 މާރިޗު 2015 1

ކޮބާ މާ؟ މުހައްމާ؟ އޭނާގެ ބަސް މި ކަމުގައި ބޭނުން

– 25 މާރިޗު 2015 0

މަބުނި ތަން އައީ․

– 25 މާރިޗު 2015 0

ފިރާޟް ސަރުކާރާއި ދެކޮޅުވިޔަސް މި ކަހަލަ ލިޔުންތައް ލިޔެގެން ނުވާނެ․․ ރަށު ދަރިންނަށް ވަޒީފާ

– 26 މާރިޗު 2015 5

މި ސައިޓުން މުޅިންވެސް ސަރުކާރު އަގުވެއްޓޭ ލިޔުން ޝާއިރު ކުރަނީ․․ ކަލޭމޭންނަށް އިދިކޮޅު ލާދީނީ މީހުން ކިހާވަރެެއް ދީގެން ތި އުޅެނީ․․

– 26 މާރިޗު 2015 5

މިހަަރު އިނދޭ ހުއްދަ އޮންނަ ސޮރެއް!!!

– 26 އޭޕުރީލު 2015 0