[HEADER BANNER]
[AD]

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

11 މާރިޗު 2015 2

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ. އެގޮތުން މިިއަދު އެދެބާވަތުންވެސް ވަނީ 1 ރުފިޔާ ބޮޑުކޮށްފައެވެ. މި ބަދަލާއެކު ކުރިން 10 ރުފިޔާއަށް ވިއްކަމުންދިޔަ ޑީސަލް އަދި ޕެޓިރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 11 ރުފިޔާ އަށެވެ.

ދުނިޔޭގެ ބާޒާރުގައި މިދިޔަ އަހަރުގެ ފަހުކޮޅު ތެލުގެ އަގު އިންތިހާއަށް ދަށަށް ދާން ފެށިތާ އެތައް ދުވަހެއް ފަހުން އެސްޓީއޯ އިން ތެލުގެ އަގު ހެއޮކުރަންފެށީ މިދިޔަ އޮކްޓޫބަރު މަހުންފެށިގެންނެވެ. ނަމަވެސް ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އުފުލެންފެށުމާއި އެކު އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާއި ވިއްދައިގެން ކަމަށްބުނެ ދޭތެރެ ދޭތެރެއިން އެސްޓިއޯން އެކުންފުނިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެއެވެ. ތެލަކީ، އެސްޓިއޯއިން ވިއްކާ ބާވަތްތަކުގެ ތެރެއިން އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއްވާ ބާވަތެވެ.

[BOTTOM CONTENT BANNER]
އެސްޓީއޯ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފައްކަލޭ ދޯ؟

– 11 މާރިޗު 2015 0

․ކޮބާ ހީވެ އެހާއަވަހަށް ތިޔޮ އަގު އެބޮޑުކުރީ އަދި މިއުޅެނީ އާދަމު އާޒިމު ވަކިކޮށްފަ ވެރިމީހާގެ ބައިގެމީހަކަށް ބޮޑުކަން ދިންފަހުން 24 ގަޑިއިރު ނުވެ․

– 11 މާރިޗު 2015 0