ގެވަޅު "ވަރަށް އަވަހަށް" ދޫކުރަނީ. ދެ ކުދިން ތިބި މީހުންނަށް ގެވަޅު ކަށަވަރު
ގެވަޅު ދޫކުރުން ވަޅު ޖެހިފައި ވާތީ އެކަން ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް ރެޑްސްޓަރ، ޢަލީ ރަޟީދު ފޭސްބުކް ގައި ކުރި ސުވާލަކާ ގުޅިގެން ކައުންސިލް މެމްބަރ މުޙައްމަދު ރަޟީދު ކުރި ކޮމެންޓެއްގައި އޭނާ ބުނެފައި ވަނީ "ވެރީ ސޫން (ވަރަށް އަވަހަށް)" ގެވަޅު ދޫކުރާނެ ކަމަށާއި، މި އަހަރުގެ ޖޫން މަހުގެ ކުރިން ގެވަޅު ދީ ނިންމާނެ ކަމަށާއި، "ހަމަ ނޭވާ ލާނީ މިކަން ކޮށްފައި" ކަމަށެވެ.
ޢަލީ ރަޟީދުގެ ސްޓެޓަސް އަށް ކޮމެންޓް ކުރަމުން ކައުންސިލް މެމްބަރ ޢަލީ ރަމީޒް ބުނެފައި ވަނީ "ގެވަޅު ދޫކުރުން ވަނީ ވަކި މީހަކު ބުނެގެން މަޑު ޖައްސާލާފައި" ކަމަށެވެ.
ގުރުއަތަކަށް ދިއުމަކާ ނުލާ ދެ ދަރިން ތިބޭ މީހުންނަށް ގެވަޅު ލިބޭ ކަމުގެ މަޢުލޫމާތު ލިބިފައި ވާތީ އެކަން ސާފުކޮށް ދިނުން އެދި ޢަލީ ރަޟީދުގެ ސްޓެޓަސް އަށް ލުވޭޒާމަންޒިލް، މުނީޒާ އާދަމް ކުރި ކޮމެންޓަށް ޖަވާބު ދެމުން ކައުންސިލް މެމްބަރ މުޙައްމަދު ރަޟީދު ކުރި ކޮމެންޓްގައި ބުނެފައި ވަނީ "ހަމް، ރައިޓް (އާއެކޭ)" ކަމަށެވެ.
ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކައުންސިލް މެމްބަރ މުހައްމަދު ރަޝީދުގެ މި ޖަވާބުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ރައްޔިތުން ތަފާތު ޝުޢޫރުތައް ދަނީ ފާޅު ކުރަމުންނެވެ. ޚާއްޞަކޮށް ދެ ދަރިން ތިބި ނަމަ ގެވަޅު ދިނުމުގައި އިސްކަން ދިނުމާ މެދު ގިނަ ބަޔަކު ވަނީ ޚިޔާލު ތަފާތުވެފައެވެ.
ޚިޔާލު ފައުޅުކުރުން