ތައުލީމީ ދާއިރާއާމެދު އަމަލުކުރާ ގޮތުން ހާމަވެގެން މިދަނީ ހުދުމުހުތާރު ވެރިކަމެއްގެ އަލާމަތްތައް

11 ފެބުރުއަރީ 2015 0

ސަރުކާރުން ތައުލީމީ ދާއިރާއާމެދު އަމަލުކުރަމުންދާގޮތުން ހާމަވެގެންދަނީ ހުދުމުހުތާރު ވެރިކަމެއްގެ އަލާމަތްތައްކަމަށް އެމްޑީޕީން ބުނެފިއެވެ.

މިއަދު އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމެޓީގެ މުގައްރިރް މުސްތަފާ ލުތުފީ ވިދާޅުވީ ތައުލީމުދޭ ތަންތަނާއި ޓީޗަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ބިރުދައްކަމުންދާތީ އެކަމުން ރަމްޒުވެގެންދަނީ ސަރުކާރުގެ ހުދުމުހުތާރުކަން ކަމަށެވެ.

މުސްތަފާ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ‘ކުއްލިކުއްލި’ އަށް ގެންނަވާ ބަދަލުތަކުގެ ސަބަބުންނާއި ކުރައްވާ އެހެން ކަންތައްތަކުގެ ސަބަބުން ހުދުމުހުތާރުކަން ފެނިގެންދާތީ ޕާޓީން ކަންބޮޑުވާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީތައް ހިންގަމުންދާ ސޯސަންގޭ ބިމާއި ބާޖަމާލުއްދީން ބިން ސަރުކާރުން ނަގަން ނިންމާފައިވާ ނިންމުމާއި އަދި މަންދު ކޮލެޖު ހިންގަމުންދާ ބިން ނަގަން ނިންމާފައިވާ ނިންމުމާއި ގުޅޭ ގޮތުން މުސްތަފާ ވިދާޅުވީ އެތަންތަނަކީ ޒުވާން ޖީލުގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭ ތަންތަން ކަމަށާއި ފެނިގެން މިދަނީ އެތަންތަނަށް ބިރުދައްކާ މަންޒަރު ކަމަށެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ