ނާޒިމްގެ ކޮޓަރިން ފެނިފައިވަނީ ހަނގުރާމަވެރި ހަތިޔާރު: ސީޕީ

29 ޖެނުއަރީ 2015 0

ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ޑިފެންސް މިނިސްޓަރު ކަމުން ވަކިކުރެއްވި މުހައްމަދު ނާޒިމްގެ އެޕާޓްމަންޓު ބަލައި ފާސްކުރިިއިރު ފެނިފައިވަނީ ހަނގުރާމަވެރި ހަތިޔާރު ކަމަށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ދެންމެ ވިދާޅުވެއްޖެ އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން މޯލްޑިވެސް ޕޮލިސް ސްރވިސް އިން ބޭއްވި ނިއުސް ބުރީފިނގްގައި މަޢުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު ވިދާޅުވީ ނާޒިމުގެ ކޮޓަރިން ފެނިފައިވަނީ ނުވަ އެމްއެމްގެ ފިސްތޯލަ އަކާއި މެގަޒިނަކާއި އެ ހަތިޔާރާ ގުޅޭ ތިން ވަޒަނާއި އައިއީޑީއެއްގެ އިތުރުން ޕެންޑުރައިވް އެއް ކަމަށެވެ.

ހުސެއިން ވިދާޅުވީ ޕެން ޑްރައިވަކީ މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށް ބޭނުންވާ ބައެއް ކަހަލަ މައުލޫމާތުތައް ވެސް ހިމެނޭ އެއްޗެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސިފައިންގެއިން އެއްވެސް ހަތިޔާރެއް އަދި ވަޒަނެއް ވެސް މަދު ނުވާ ކަމަށް އެމްއެންޑީއެފުން ލިޔުމަކުން އަންގާފައިވާ ކަމަށެވެ. ވުމާއެކު އަދިވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަސް ސީޕީ ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ