މުދައްރިސުންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ލިބޭގޮތަށް މަތީ ތަޢުލީމުގެ 100 ފުރުސަތު މިމަހުގެ ތެރޭގައި ހުޅުވާލެވޭނެ: މިނިސްޓަރ

11 ޖެނުއަރީ 2015 0

ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށް މި ދިރާސީއަހަރު ކުރެވޭ ޚާއްސަ މަސައްކަތްތަކުގެ ދަށުން މުދައްރިސުން ގެ ގާބިލްކަން އިތުރުކުރުމަށް ޚިދުމަތުގައި ތިއްބަވާ މުދައްރިސުންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ލިބިވަޑައިގަންވާގޮތަށް މަތީ ތަޢުލީމުގެ 100 ފުރުސަތު މިމަހުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން މިއަދު ދެއްވި ޚިޠާބުގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ބޭފުޅެއްގެ ރަށުގައި ހުންނަވައިގެން ތަޢުލީމީ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތުތަކެއް ވެސް މިއަހަރުގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ. އަދި މި ފުރުސަތުތައް އަމާޒުކުރެވޭނީ ސްކޫލްތަކުގެ ޓީޗަރުންނަށާ، ސްކޫލްތަކުގެ ޕްރިންސިޕަލުންނަށްކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

މިނިސްޓަރުގެ ޚިޠާބުގައި އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިއަދު ތަންފީޒުކުރަންފަށާ ޤައުމީ މަންހަޖުން ދަރިވަރުންގެ ކިބައިގައި ހަރުލައްވަން ބޭނުންވާ މައިގަ ނޑު 8 ގާބިލިއްޔަތަކީ، އިސްލާމް ދީނާ އެއްގޮތަށް ޢަމަލުކުރުމާ، ނަފްސް ދެނެގަތުމާ ތަންޒީމު ކުރުމާ، ބިނާކުރުވަނިވި އަދި

އުފެ އްދުންތެރި ގޮތެއްގައި ވިސްނުމާ، އެހެންމީހުންނާ ގުޅިގެން އުޅުމާ، ދޭހަވުމާ ދޭހަ ކޮށްދިނުމާ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމާ، ދެމެހެއްޓެނިވި ތަރައްގީއަށް ޢަމަލުކުރުމާ އަދި ޓެކްނޮލޮޖީއާއި މީޑިއާ ބޭނުންކުރުން ކަމަށާއި މި ގާބިލިއްޔަތުތައް ހަރުދަނާގޮތެއްގައި ދަރިވަރުންނަށް ޙާ ސިލްކޮށްދެވޭނީ އުގެނުމުގެ މާހައުލުން ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދީ ޢަމަލީގޮތުން ދަރިވަރުން ލައްވާ

ކަންތައްތައް ކުރުވައިގެން ކަން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ