ދިރާސީ އައު އަހަރުގެ ކިޔެވުން ފަށައިފި

11 ޖެނުއަރީ 2015 0

އިހަވަންދޫ މަދަރުސާ. ފޮޓޯ:އިހަވަންދޫ ސްކޫލް އިހަވަންދޫ މަދަރުސާ

ދިރާސީ އައު އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި މިއަދު ފަށައިފިއެވެ. 2015 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގައި ކިޔަވައިދޭ 99 ދުވަހާއި ދެވަނަ ޓާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ 103 ދުވަހާއި އެކު މިއަހަރު ޖުމްލަ 202 ދުވަހު ސުކޫލްތަކުގައި ކިޔަވައި ދޭނެއެވެ. މިއަހަރުގެ ދިރާސީ އަހަރު ނިމޭނީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

ހޮނިހިރު ދުވަހު ވެލާނާގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭސަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެފައި ވަނީ މިއަހަރުގެ ކިޔެވުން ފެށުމަށްޓަކައި އެ މިނިސްޓްރީއިން ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަރަށް ފުރިހަމައަށް ވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަން ބެލެނިވެރިންނާއި ސްކޫލްތަކުން އަންނަނީ، އާއަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ސްކޫލްކުދިންގެ ފޮތްބައި ހަމަނުވާކަމަށާއި އަދި ސްކޫލަށް ބޭނުންވާ ޓީޗަރުންވެސް ހަމަނުޖެހޭ ކަމަށްބުނެ ޝަކުވާކުރަމުންނެވެ.

މިއަހަރު ތައުލީމީ ދާއިރާގައި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ، ސްކޫލްތަކުގެ ގްރޭޑް އެކަކުން ތިނަކަށް ތަންފީޒުކުރުމަށް ހަމަޖެހިފައިވާ ޤައުމީ އައު މަންހަޖެވެ. އައު މަންހަޖާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ މަންހަޖު ތަންފީޒުކުރާ ގްޜޭޑްތަކަށް ޚާއްސަ ކޮށްގެން ޓެކްސްޓްފޮތްތަކެއް ވެސް ތައްޔާރު ކޮށްފައެވެ.

މީގެ އިތުރުން، މިއަހަރުގެ ދިރާސީ އަހަރު ފެށިގެން ދާއިރު ސަރުކާރުންވަނީ، މުދައްރިސުންގެ މުސާރައަށްވެސް ހެއޮބަދަލުތަކެއް ގެނެސްފައެވެ.

އިހަވަންދޫ މަދަރުސާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ