އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ހެއޮކޮށްފި

9 ޖެނުއަރީ 2015 0

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ހެއޮކޮށްފިއެވެ. އެގޮތުން މިިއަދު އެދެބާވަތުންވެސް ވަނީ 1.75 ރުފިޔާ ހެޔޮކޮށްފައެވެ.

މި ބަދަލާއެކު 14.08 ރުފިޔާއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 12.33 ރުފިޔާ އަށެވެ. އަދި 14.12 ރުފިޔާއަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން  ވިއްކަމުންދާނީ 12.37 ރުފިޔާއަށެވެ.

އެސްޓިއޯއިން ތެލުގެ އަގު ހެއޮކުރިމި ދަނޑިވަޅަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށަށްގޮސްފައިވާ ދަނޑިވަޅެއްކަން ފާހަގަކުރެވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާއި ވިއްދައިގެން ކަމަށްބުނެ ދޭތެރެ ދޭތެރެއިން އެސްޓިއޯން އެކުންފުނިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެއެވެ. ތެލަކީ، އެސްޓިއޯއިން ވިއްކާ ބާވަތްތަކުގެ ތެރެއިން އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއްވާ ބާވަތެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ