އައު މަންހަޖުގެ ބައިތައް ފެންނަން ހުންނާނެހެން ކަލަންޑަރެއް ފަރުމާކޮށްފި

7 ޖެނުއަރީ 2015 0

އައު މަންހަޖުގެ މަސައްކަތް ކުރަމުންދާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، އެން.އައި.އީ އިން އައު މަންހަޖުގެ ތަފާތު ބައި ބައި ކަލަންޑަރަކުން ފެންނަން ހުންނާނެހެން ކަލަންޑަރެއް ފަރުމާކޮށް ތައާރަފުކޮށްފިއެވެ.

ކަލަންޑަރު ތައާރަފް ކޮށްފައިވަނީ އައު މަންހަޖަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ މަހަކު އެއްފަހަރު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިޖެނުއަރީ މަހަށް ޙާއްސަކޮށްގެން މިއަދު ބޭއްވި ބައްދަލުވުގައި، އެން.އައި.އީގައެވެ. ކަލަންޑަރު ތައާރަފްކޮށްދެއްވާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އެން.އައި.އީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަލްފާޟިލް އާދަމް ޝާރީފު އުމަރެވެ.

މިއަދު ތައާރަފު ކުރި މި ކަލަންޑަރަކީ ދަރިވަރުންނާއިވެސް ގުޅޭނޭ ގޮތަށް ކިޔަން ފަސޭހަ ވާނެ ގޮތަށް ބަލައިގެން ތައްޔާރުކޮށްފައިވާ ކަލަންޑަރެއްކަމަށް އެޑިއުކޭޝަން އިން ބުނެއެވެ.

ދިރާސީ އައު އަހަރަށް ތައްޔާރުކޮށްފައިވާ ކަލަންޑަރުގެ ބައިތަކުގެ އިތުރުން އައު މަންހަޖުގެ އަސާސްތައް ލިޔެފައި ހުރި މި ކަލަންޑަރުގެ މައިގަނޑު މަގްސަދަކީ ބެލެނިވެރިންނާއި މުޖުތަމައު އަދި މަދަރުސާތައްވެސް މިތައާރަފްވާ އައު މަންހަޖަށް ހޭލުންތެރިކުރުވުން ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހާމަކުރެއެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ