މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ދީނީ އިލްމުވެރިންގެ ދަރުހެއް އޮތްކަމަށް ބުނެ ފަތުރަނީ ދޮގުވާހަކައެއް

6 ޖެނުއަރީ 2015 0

މިމަހުގެ 8 ވަނަދުވަހުގެރޭ ދަހެއް އޮންނަކަމަށްބުނެ ކުރަމުންދާ އިސްތިހާރު.

މިހިނގާ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގެރޭ ދީނީ އިލްމުވެރިންގެ ދަރުހެއް އޮތްކަމަށް ބުނެ ފޭސްބުކްގައި ފަތުރަނީ ދޮގުވާހަކައެއްކަމަށް ބައެއް ދީނީ އިލްމްވެރިން ވިދާޅުވެއްޖެއެވެ. އެގޮތުން ޝެއިހް މުހައްމަދު ޝައްމޫން އެބޭފުޅާގެ ފޭސްބުކް ޕޭޖްގައި ވަނީ، ޖެނުއަރީ 8 ގައި ދިީނީ އިލްމުވެރިންގެ ދަރުހެއް އޮތްކަމަށްބުނެ ފެތުރޭ ދޮގުވާހަކަ އާއި މެދު ސަމާލުވުމަށް ގޮވާލައްވާފައެވެ. މިކަމާއި ބެހޭގޮތުން ޝެއިހް ޝާފިއުއަށް ގުޅާލުމުން އެބޭފުޅާ ވިދާޅުވީ 8 ވަނަދުވަހުގެ ރޭ  ދަރުހެއް އޮތްކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ ދޮގެއް ކަމަށާއި، ފޭސްބުކް ގައި ދައުރުވަމުންދާ އިސްތިހާރުގައި އެދަރުސްދެނީ ކޮން ބައެއްކަމާއި ކޮން ޝެއިހުންނެއް ކަންވެސް އެނގެން ނެތްކަމުގައެވެ. ޝެއިހް ޝާފިއު އިތުރަށް ވިދާޅުވީ 8 ވަނަ ދުވަހުގެރޭ ދަރުސް ނުބޭއްވިއަސް 7 ވަނަދުވަހުގެރޭ އިޝާނަމާދަށް ފަހު ފުރުގާން މިސްކިތުގައި، ޖަމިއްޔަތުއް ސަލަފުން އިންތިޒާމް ކޮށްގެން "މިދީބުގެ ޒުވާނުންނޭވެ!" ގެނަމުގައި ޝެއިހް މުހައްމަދު ޝައްމޫން ދަރުހެއް ދެއްވާނެ ކަމުގައެވެ.

8 ވަނަ ދުވަހުގެރޭ އާޓިފިސިއަލް ބީޗްގައި ދަރުހެއް ބާއްވާކަމަށްބުނެ ޝޯޝަލް މީޑިއާގައި ދަނީ ވަރަށްބާރަށް އިސްތިހާރު ކުރަމުންނެވެ. އެއިސްތިހާރުތަކުގައި ބުނެފައި ވަނީ އެ ދަރުހަކީ އިސްލާމް ދީނަށް ނަސްރުދިނުމަށް ދީނީ އިލްމުވެރިން ބާއްވާ ދަރުހެއް ކަމަށެވެ. ނަމަވެއް އެދަރުސް ދެއްވަނީ ކޮން ކޮން އިލްމުވެރިންނެއް ކަމެއް ބަޔާންކޮށްފަކާ ނުވެއެވެ. ނޭގިމަވެސް އެ އިސްތިހާރުތައް އެތައްބަޔަކު ޝެއާރ ކުރަމުން ދާކަން ފާހަގަކޮށްލެވެއެވެ.

މިމަހުގެ 8 ވަނަ ދުވަހުގެ ރޭ، ޓޫރިސްޓް އެރައިވަލް ކައުންޓް ޑައުންގެ ނަމުގައިޝޯއެއް މަޝްހޫރު އާރުއެންޑުބީ/ހިޕްހޮޕް/ރެޕް ލަވަކިޔުންތެރިޔާ އޭކަން އާއި އެކު ބޭއްވުމަށް، ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ