ވަޒީފާއިން ވަކިކުރައްވާފައިވާ ފޫޅުމައިންނަށް ވަޒީފާގެ ފުރުސަތު އަނެއްކާ ވެސް ހުޅުވާލައިފި

6 ޖެނުއަރީ 2015 0

ހެލްތް ވޯކަރެއް ކުއްޖަކަށް ވެކްސިން ދެނީ. ފޫޅުމައިން ސިއްހީ ދާއިރާއަށް ނެރޭއިރު އެމީހުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދަން ޖެހޭ.

އަތޮޅުތެރޭގައި ފޫޅުމައިންގެ ވަޒީފާ ކުރިން އަދާކޮށްފައިވާ، ހެލްތު ސާވިސަސް ކޯޕަރޭޝަންތަކުން ވަޒީފާ އިން ވަކިކޮށްފައިވާ ފޫޅުމައިންގެ ތެރެއިން އަލުން އެ ހިދުމަތާ ގުޅުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާއިފިއެވެ. އެގޮތުން މިނިސްޓްރީ އޮފް ހެލްތުން ގެޒެޓްގައި ޝާއިއު ކޮށްފައިވާ އިއުލާނެއްގައި ވަނީ، ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިން ޞިއްޙީ ޚިދުމަތުން ވަކިކުރެވިފައިވާ ފަރާތްތައް އަލުން އަނބުރާ ޞިއްޙީ ޚިދުމަތަށް ނެރުމަށް އެމިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ދަށުން، ހެލްތު ސާވިސަސް ކޯޕަރޭޝަންތަކުން ވަޒީފާ އިން ވަކިކޮށްފައިވާ ފޫޅުމައިންގެ ތެރެއިން  އަލުން ޞިއްޙީ ޚިދުމަތާ ގުޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކަން އެމިނިސްޓްރީއަށް ސިޓީން އެންގުމަށެވެ.

މިދިޔަ އަހަރު ވެސް ވަނީ ފޫޅުމައިންގެ ވަޒީފާ އަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލި އެވެ. އެ ފަހަރު 76 މީހަކު އެކަމަށް އެދުނު އިރު އަލަށް 44 މީހަކަށް އެ ފުރުސަތުދިނެވެ. މިހާރު އެ ފޫޅުމައިން ދަނީ އަތޮޅުތެރޭ އެކި ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ.

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ