[HEADER BANNER]
[AD]

ސީދާ ތިން ސެޓުން ފަސްޓްލޭޑީގެ މައްޗަށް ވަޓްއެވަރ ކުރި ހޯދައިފި

3 ޑިސެމްބަރު 2014 0

މިއަދުގެ މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނު ވަޓްއެވަރ ޓީމްގެ ޖާޒީ ނަންބަރު 12 ސައުދާ އިބްރާހިމްއަށް އިނާމު ހަވާލުކުރަނީ ފޮޓޯ:އިހަވަންދޫ.ކޮމް

ލީމް އިމަގު އަންހެނުންގެ ވޮލީމުބާރާތުގެ ފަސްވަނަމެޗް ސީދާ ތިން ސެޓުން ވަޓްއެވަރ، ފަސްޓްލޭޑިގެ މައްޗަށް ކުރި ހޯދާފިއެވެ. މިރޭގެ މެޗްގެ ފުރަތަމަ ސެޓް ވަޓްއެވަރ ޓީމުން 25-12 އިން ކާމިޔާބުކުރިއިރު ދެވަނަސެޓް އެޓީމުން ކާމިޔާބުކުރީ 25-20 އިންނެވެ. އަދި ފަހުސެޓް ވަޓްއެވަރ ޓީމް ކާމިޔާބު ކޮށްފައިވަނީ 25-22 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވަޓްއެވަރ ޓީމްގެ ޖާޒީ ނަންބަރު 12 ސައުދާ އިބްރާހިމްއެވެ. ވަޓްއެވަރ ކުޅުނު ފުރަތަމަ މެޗްގެވެސްެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އޭނާއެވެ. ސައުދާ އަކީ މިމަހުތެރޭ ބޭއްވި މުނީ ކަޕްގެ، އެންމެމޮޅު ކުޅުންތެރިއާ އަދި އެންމެ މޮޅު ސޮޓް ޖެހުންތެރިޔާއަށް ހޮވިފައިވާ ފަރާތެވެ.

ވަޓްއެވަރ މިހާތަނަށް ކުޅުނު ދެމެޗްވެސް ކާމިޔާބުކޮށްފައިވަނީ ސީދާ ތިންސެޓުންނެވެ. ވަޓްއެވަރ ފިޔަވާ މިމުބާރާތުގައި ވާދަކުރަމުންދާ އެއްވެސް ޓީމަކަށް އެއްވެސް މެޗެއް ސީދާ ތިންސެޓުން ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ފަސްޓީމް ވާދަކުރަމުންދާ މިމުބާރާތުގެ ފައިނަލަށް ދާނީ ލީގު އުސޫލުން ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ދެޓީމެވެ. މިހާތަނަށް ކުޅުނު މެޗްތަކަށް ބަލާއިރު ޕޮއިންޓް ޓޭބަލްގެ އެންމެ ކުރީގައި 6 ފޮއިންޓާއި އެކު އޮތީ ވަޓްއެވަރއެވެ. ދެވަނާގައި 4 ޕޮއިންޓާއި އެކު އޮތީ ތަރިންނާއި ތަރިންނެވެ.

މިމުބަރާތުގައި މިރޭކުޅޭ މެޗްގައި ބައްދަލުކުރާނީ ޕޮއިންޓް ޓޭބަލްގެ އެންމެ ފުލުގައި އޮތް ބަނދަރުޓީމާއި ރެހެންދި ޓީމެވެ.

[BOTTOM CONTENT BANNER]
އިމަގު އަންހެނުންގެ ވޮލީ މުބާރާތް, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ