[HEADER BANNER]
[AD]

ފަހަތުން އަރާ ފަސްޓު ލޭޑީ މޮޅުވެއްޖެ

1 ޑިސެމްބަރު 2014 1

ފަސްޓް ލޭޑީ އާއި ތަރިންނާއި ތަރިން ބައްދަލުކުރި މެޗްގެ ތެރެއިން. ފޮޓޯ:އިހަވަންދޫ.ކޮމް

ލީމް އިމަގު އަންހެނުންގެ ވޮލީ މުބާރާތުގެ ހަތަރުވަނަ މެޗުގައި ތަރިންނާއި ތަރިންގެ މައްޗަށް ފަސްޓު ލޭޑި ޓީމް ފަހަތުންއަރައި މިރޭގެ މެޗު ކާމިޔާބު ކޮއްފިއެވެ. މިރޭގެ މެޗުގެ ފުރަތަމަ ސެޓާއި ދެވަަނަ ސެޓު ގެންދިޔައީ ތަރިންނާއި ތަރިންގެ ޓީމެވެ.

އެގޮތުން ފުރަތަމަ ސެޓު އެޓީމުން ގެންގޮސް ފައިވަނީ 25-20 ހިންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެވަނަ ސެޓު އެޓީމުން ކާމިޔާބު ކުރީ 25-21 ހުންނެވެ. ނަމަވެސް ތިންވަނަ ސެޓުގައި ކުޅުން ރަނގަޅުކޮޮށް ފަސްޓު ލޭޑީ ޓީމުން ވަނީ 25-18 އިން ތިންވަނަ ސެޓު ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ހަމަހަަމަކޮށް ހަތަރުވަނަ ސެޓު ފަސްޓުލޭޑީ ގެންދިޔައީ 25-18 ގެ ތަފާތަކުންނެވެ.

މެޗުގެ ނަތީޖާ ހަަމަހަމަވުމުން ގަދަ ހިފުމަކަށް ދިޔައެވެ. ގަދަހިފުން ފަސްޓު ލޭޑީ ގެންދިޔައީ 15-10 އަކުންނެވެ. ބަދަލުތަކެއް ފެނުނު މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަސްޓުލޭޑީ ޓީމުގެ ޖޯޒީ ނަމްބަރު 10 ފާތިމަތު ޠަހޫރާއެވެ.

މެޗަށްފަހު ފަސްޓު ލޭޑީ ޓީމްގެ ކޯޗު ގާދިރު ބުނީ މެޗަށް އައީވެސް ވަރަށް  ފޮނިއުއްމީދަކާ އެކު ކަމަށާއި މި މެޗުން ފަހަތުން އަރާ ކުރިހޯދުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ. ނަަމަވެސް ކުރިން މެޗެކޭ އެއްގޮތަށް މި މެޗުގައިވެސް ކުޅުންތެރިންގެ އިންޖަރީގެ މައްސަލަ ކުރިމަތިވިކަމަށް އޭނާ ބުންޏެވެ.

މެޗަށްފަހު ތަރިންނާއި ތަރިންގެ ޓީމުގެ ކޯޗު މުއީދު ބުނީ މެޗުން މޮޅުނުވެވުނު މައިގަނޑު ސަބަބަކީ ޓީމަށް ރަނގަޅަށް ޕުރެކްޓިސް ނުކުރެވުން ކަމަށާއި އަދިވެސް ޓީމުގެ އަސްލު ކުޅުން ޓީމަށް ދަށްކާނުލެވޭކަމަށެވެ.

ތަރިންނާއި ތަރިންގެ ޓީމަކީ ފާއިތުވި ތިންމުބާރާތުގެވެސް ޗެމްޕިއަނުންނެވެ. މިމުބާރާތުގެ މެޗެއް މާދަމާ ނުކުޅޭނެއެވެ. ދެން މިމުބާރާތުގެ މެޗުތައް ފެށޭނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އެދުވަހު ދެމެޗް ކުޅުމަށް ޝެޑިއުލް ކޮށްފައިވެއެވެ. އެދުވަހުގެ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ވަޓްއެވަރ އާއި ފަސްޓް ލޭޑީއެވެ. އަދި އެދުވަހުގެ ރޭ ކުޅޭ މެޗްގައި ވާދަކުރާނީ ބަނދަރު ޓީމާއި ރެހެންދި ޓީމެވެ.

[BOTTOM CONTENT BANNER]
އިމަގު އަންހެނުންގެ ވޮލީ މުބާރާތް, އިމަގު ޖަމިއްޔާ

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފެންދީފަ ކަތިލާލީ؟

– 1 ޑިސެމްބަރު 2014 1