ސާހިބާ ދޯނި ހަވާލުކުރުމަށް ދެކޮޅުހަދަނީ

24 ސެޕްޓެމްބަރު 2014 9

މިއަދު ހަވީރު "ސާހިބާ" ދޯނި ކައިރީ މީހުން ހަރަކާތްތެރިވަނީ

"ސާހިބާ" ދޯންޔާއި ގުޅުންހުރި މައްސަލަޔަކާއި ގުޅިގެން ފުލުހުންގެ މައްޗަށް ހައިކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒް ކުރުމަށް، ފުލުހުން ކުރަމުންދާ މަސައްކަތަށް ބަޔަކު ހުރަސްއަޅަމުން އެބަދެއެވެ. އެކަމަށް ހުރަސްއެޅުމަށް އެއްބަޔަކު ބަނދަރު މަތީގައި ތިބިއިރު އަނެއްބަޔަކު ތިބީ އެދޯންޏަށް އަރައެވެ. "ސާހިބާ" ދޯނި މިވަގުތުއޮތީ އިހަވަންދޫ ދެކުނުފަރާތު ބަނދަރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައިކޯޓްގެ އަމުރު ތަންފީޒް ކުރުމަށް އިހަވަންދޫގައި ތިބި ފުލުހުންނަށް އެހީތެރިވުމަށް މިއަތޮޅު ހުވަރަފުށީގައި ތިބޭ ފުލުހުންވެސް އިހަވަންދޫއަށް އައިސްފައި ވެއެވެ. ނަމަވެސް އެމީހުން އިހަވަންދޫއަށް ފޭބިކަމެއް އިނގިފައެއް ނުވެއެވެ.

ފުލުހުންގެ މަސައްކަތަށް ހުރަސް އަޅަމުންދާމީހުން ބުނަމުންދަނީ ދޯނީގެ ވެރިފަރާތްނެތި ދޯނި އެއްވެސް ތަނަކަށް ނުގެންދެވޭނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދޯނީގެ ވެރިފަރާތް ކަމުގައިވާ އިހަވަންދޫ އެންދެރިމާގެ ސަކީނާ މިވަގުތު ރާއްޖެއަކު ނެތެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި "ސާހިބާ" ދޯންޏަކީ ވިއްކާފައިވާ ކަންނެލިދޯންޏެކެވެ. ނަމަވެސް ދޯނި ގަތް ފަރާތުން ވިއްކިފަރާތާއި އެކު ވެފައިވާ އެގްރީމެންޓާއި އެއްގޮތަށް ފައިސާ ނުދައްކާ ކަމަށްބުނެ، ދޯނި ވިއްކިފަރާތުން ދޯނިވަނީ ގެނެސްފައެވެ. އަދި އެ އެގްރިމެންޓްގެ މައްސަލަ ބަލާނިމެންދެން، ދޯނި ވިއްކި ފަރާތުގެ އަތުގައި ދޯނިބޭއްވުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އަމުރު ކޮށްފައެވެ. ނަމަވެސް އެއަމުރު އިސްތިއުނާފުކުރުމުން ހައިކޯޓުން އަމުރުކޮށްފައިވަނީ މައްސަލަ ބަލާނިމެންދެން ދޯނި އޮންނަންޖެހޭނީ ދޯނި ގަތްފަރާތުގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ނަމަވެސް ދޯނި ވިއްކި ފަރާތުން ދޯނި ގަތްފަރާތަށް ދޯނި ހަވާލުކޮށްފައެއް ނުވެއެވެ. އެއަށްފަހު ހައި ކޯޓުންވެސް އަނެއްކާވެސް ވަނީ ދޯނި ގަތްފަރާތާއި ދޯނި ހަވާލުކުރުމަށް ފުލުހުންގެ މަށްޗަށް އަމުރެއް ނެރެފައެވެ.

ދޯނި ގަތް ފަރާތް ކަމުގައިވާ އއ ރަސްދޫ މުހައްމަދު ހަނީފްގެ ފަރާތުން ދޯންޏާއި ހަވާލުވުމަށް އައިސް ތިބި ބަޔަކުވެސް އިހަވަންދޫގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

 

އިހަވަންދޫ ޕޮލިސް ސްޓޭޝަން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ފުލުހުން ކުރަމުންދާ މަސައްކަތަށް ހުރަސްއަޅާ މީހުން ހައްޔަރުކުރެވެންޖެހޭނެ. މާމިގިއްޔާ އިހަވަންދުއާ ތަފާތުކޮށްގެން ނުވާނެ.

– 25 ސެޕްޓެމްބަރު 2014 1

ތި ދޯނި މަށަށް ގެނޭ . އޭރުން ތި މައްސަލަ ހައްލުވީ

– 25 ސެޕްޓެމްބަރު 2014 0

މިވަނީ ކިހިނެއް؟

– 25 ސެޕްޓެމްބަރު 2014 0

ހޯރަފުށިތަ ނޫނީ ހުވަރަފުށިތަ !

– 25 ސެޕްޓެމްބަރު 2014 0

މިވާ ޝަރުޢީ ނިޒާމެއް ތާދޯ.... !

– 25 ސެޕްޓެމްބަރު 2014 0

ދޯންޏަކީ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު ދޯނެޏެއް. އެވަގުތުން ފެށިގެން ދޯނި ޕޮލިހުންގެ ބލުމުގެ ދަަށަށް ނުދެންދިޔަކަމީ ވަރަށް ދެރަކަމެއް. އެ ވގުތު ގެންގޮސް ޕޮލިހުންގެ ބެލުމުގެ ދަށުގައި ދޯނި ބޭއްވި ނަމަ، މިހާރު ދިމާވެގެން އުޅޭ މައްސަލައެއް ދިމާލެެއްނުވީސްކަން ކަށަވަރު. އިހަވަންދޫ ޕޮލިހުންގެ އަތެއްއޮވެގެން ދޯނި އެރަށުގައި ބޭއްވުމަށްކުރާ މަަސައްކަތަކީ އެމީހުންގެކޮށްގެން ތިބި ހުވަޔާ ޚިލާފުކަމެއް. ކޯޓު އަމުރެއްގެ ދަށުން ކުރާ މަސައްކަތަކަށް އިހަވަންދޫ ޕޮލިހުން އެގޮތަށް މަސައްކަތް ކުރުމަކީ ފުލުހުންގެ އަގު ވައްޓާލުން. ވަރަށް ދެރަކަމެއް އެހެއްނޫންތޯ؟

– 25 ސެޕްޓެމްބަރު 2014 0

އެގްރިމެންޓްގައި އޮންނަނީ "މައްސަލައެއް ދިމާވެއްޖެ ހާޅަތެއްގައި އެކަން ހައްލުވަންދެން ދޯނި އޮންނަންވާނީ ދޯނި ވިއްކި ފަރާތުގެ ބެލުމުގެ ދަށުގަައޭ" އެގުރިމެންޓްކީ މީހެއްގެ ހައިސިއްޔަތުން ނޫސްކިޔާ ކުދިންގެ މައުޅޫމާތަށް.....

– 25 ސެޕްޓެމްބަރު 2014 0

މައްސަލައިގާ ކަންހިނގާފައިވާ ގޮތާއި މައްސަލަ ކަންވަމުން ދިޔަގޮތް ބައްލަވައިގެން ޚަބަރު ގެނެސްދިނުން ވަރަށް މުހިއްމު، ޚަބަރުގައި މައްސަލައާ ގުޅުންހުރި މުހިއްމު މައުލޫމާތާއި ދޮގުމައުލޫމާތު އެބަހުރި މިފަދަ ޚަބަރުތައް މަސްލަހަތު ނުގެއްލޭ ގޮތަށް އަދި ބައެއްގެ އަގުނުވެއްޓޭގޮތަށް ގެނައުން އެދެން. ޝުކުރިއްޔާ. މި ލިޔުނީ ކާކު؟

– 26 ސެޕްޓެމްބަރު 2014 0

މީ ފުލުހުންނާ ތި ސަކީނާއަކާ ގުޅިގެން ކުޅޭ ކުޅިގަނޑެއް.

– 26 ސެޕްޓެމްބަރު 2014 0