[HEADER BANNER]
[AD]

އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުން ނެރުނު ނޫސްބަޔާން

4 ސެޕްޓެމްބަރު 2014 11

ނޯޓް: ތިރީގައި މިވަނީ އިހަވަންދޫ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވާ ތިން ކައުންސިލަރުން ކަމަށްވާ ޢަލީ ރަމީޒާއި، ޢަލީ ޝަހީމް އަދި މޫސާ ޢަބްދުއްލަޠީފް ސޮއިކޮށް 04 ސެޕްޓެމްބަރ 2014 ގައި ނެރެފައިވާ ނޫސްބަޔާނެވެ.

"

`

ނޫސްބަޔާން

 

ނަންބަރ:RSM/C-07A/01082014

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 7/2010 ދަށުން އިންތިހާބްވެފައިވާ ކައުންސިލްތަކުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤުރާތީ އަދި ޖަވާބުދާރީ ވަނިވި އުސޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖުތިމާޢީ، ގޮތުންނާއި އިގްތިސާދީ ގޮތުންނާއި، ޝަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާއި އެއްމެ ގާތުން ފުޅާދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގުފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާންވެއްޓެއް ގާއިމް ކުރުމެވެ. އަދި ސަރުކާރުގެ ސިޔާސަތު ތަކުގެ ތެރެއިން ހުރި ފުރުސަތުތަށް ހޯދުމަށް މަސައްކަތް ކުރުމުގެ އިތުރުން ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކުގެ ވާހަކަ ސަރުކާރާ ހަމައަށް ގެންގޮސް ދިނުމެވެ. ނަމަވެސް މި ދެންނެވި ކަންތައް ތަކުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުމުގެ ވިސްނުމެއް މި ކައުންސިލްގައި ނެތްކަމީ މިއަދު އަޅުގަނޑުމެން ކަންބޮޑުވާ ކަމެކެވެ. ކައުންސިލްގެ މާހައުލު މިހާރު މިވަނީ ބަދަލްވެފައެވެ. ރައްޔިތުންނަށް ލިބިދޭންޖެހޭ އެތައް ހައްޤުތަކެއް ހޯދުމަން ކައުންސިލް ނުކުޅެދެވިފައި ވާއިރު ލާމަރުކަޒީ ޤާނޫނުނުގެ އެތައްމާއްދާ އަކާއި ހިލާފަށް އިހަވަންދޫ ކައުންސިލް ހިންގަމުންދާތީ ދަންނަވަމެވެ.

އަޅުގަނޑުމެންނަކީވެސް ރައްޔިތުންގެ މަންދޫބުންނަށް ވީހިނދު، ކައުންސިލްގެ އަމަލު ހުރިގޮތުގެ ވާހަކަ ރައްޔިތުންނަށް ހާމަނުކޮށް ތިބުމަކީ ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމަށް ޤަބޫލްކުރަމެވެ. އަޅުގަނޑުމެން ކޮޅަށްމިތެދުވީ ގަދަހިތްވަރާއި އަޒުމެއްގައި ރައްޔިތުންގެ އިހުސާސްތައް ދެނެތިބެގެންނެވެ. އަޅުގަނޑުމެނަށް ސިފަވެގެންމިދާ މަންޒަރަކީ، މިކައުންސިލުން އިހަވަންދޫގެ ރައްޔިތުންނަށް އެރައްޔިތުން ބޭނުންވާ މަންޒިލަށްގެންދިޔުމަށްޓަކާއި ކައުންސިލްގެ ރައީސް ފަހަތަށްޖެހި ވަކިބައެއްގެ ނަގޫފިތި ރައްޔިތުންނަށް ދޭންބޭނުންވާ އަސާސީ ހިދުމަތްތައް ހޯދައި ދިނުމުގައި ނުކުޅެދިފައިވާތަނެވެ.

މި ކައުންސިލްގެ އެއްވެސް އާރެއް ބާރެއް ނެތެވެ. މަޝްރޫއުތައް ހިންގުމުގެ ގާނޫނީ ބާރުވެރިކަން ހޯދަން މަސައްކަތެއް ނުކުރެއްވެއެވެ. ކައުންސިލަށް އާމްދަނީ އިތުރުކުރާނެ ވަސީލަތްތައް ތަރައްޤީކޮއް އިތުރުނަފާހޯދުމަށް މަސައްކަތެއްނުކުރެއެވެ. ކޮންމެ ފިޔަވަޅެއް އެޅުމުގެ ކުރިން ކައުންސިލްގެ އިދާރީ ޒިންމާދާރުވެރިޔާގެ ފައިންފުޅުދަށައް ހުއްދަ ހޯދަންދާން ޖެހޭ ނަމަ މިކައުންސިލަށް އެ މަސައްކަތް ކުރަން އުނދަގޫވާނެކަން އަޅުގަނޑުމެން ދަންނަމުއެވެ. ދިވެހިރާއްޖެގެ ރަށްތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫން ނަންބަރު 21 ވަނަ މާއްދާގެ ފުރިހަމަ އާރާއިބާރު ކަޑުވާލާއި އިރު ކައުންސިލްގެ ރައީސް އަށް ކޮންމެ ކަމެއްވެސް ވަރިހަމައެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ކައުންސިލްގެ މަޤްސަދާއެއްގޮތަށް ކައުންސިލް ހަރަކާތްތެރި ކުރުމުގައިވެސް ރައީސް ވަނީ ނުކުޅެދިފައެވެ.  

ކައުންސިލް އިންތިޙާބްވީ ފަހުން މިޔަދާހަމައަށް އުމުރުން 6 މަސްދުވަސް ވެގެން ހިގައްޖެއެވެ. ގާނޫނީގޮތުން ކުރަންޖެހޭ މަދު ކަމެއް ނޫނީ މި ކައުންސިލަށް ކުރެވޭތަނެއް ނުފެނެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލެވިފައިވާ ބައްދަލުވުމެއް ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބާއްވަންޖެހެއެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށައަޅާއި ހިޔާލު ހޯދަން ޖެހެއެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 108 ވަނަ މާއްދަގައިވާ ގޮތުގެ މަތިން ފާއިތުވި 6މަސް ދުވަހުގެ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯރޓް ޑްރަފްޓްކޮށް ކައުންސިލްގެ މެންބަރުންނާއި ހަމައަށް ގެނާއިރު މިދައުރުގައި ހިނގާފައިނެތް ގިނަ ކަންތައްތަކެއް ހުރުމުން އިސްލާހުކުރުމަށް އެތައްފަހަރެއްގެ މަތިން އެދުމުން އިސްލާޙް ނުކޮއް އެރިޕޯރޓްކައުންސިލްގެ ހަތަރު މެންބަރުން ސޮއިކޮއް ކަމާބެހޭ ވުޒާރާތަކަށްވަނީ ފޮނުވާފައެވެ. އަދި މި އަމަލު ކައުންސިލްގެ ރައީސް ޒިންމާދާރުކަން ކުޑަގޮތެއްގައި ހިންގީތީވެ ލާމަރުކަޒީ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ރައްޔިތުންނަށް މި ރިޕޯރޓް އާމުކޮއްދިނުމަށް ކައުންސިލްގެ ރައީސަށް މި ބަޔާނުގައި އަލުގަނޑުމެން ގޮވާލަމެވެ.

މިކައުންސިލްގެ ތެރޭގައި އޮންނަހާވެސް ކަމަކީ ކައުންސިލްގެ މެންބަރުން އަގުވައްޓާލުމާއި، ކަންކަމުގައި އަމިލައަށް މެޑަލްޖަހާލުމެވެ. ބައިބައިވުމާއި ފިތުނަފަސާދަ އުފެއްދުމެވެ. ކައުންސިލްގެ ތަރައްޤީގެ ޕުލޭނަށް ބަލައިގެން އެއްވެސް ކަމެއްކުރަން ނޫޅެނިއްޔެވެ. އަދި މި ކައުންސިލްގެ ފުރަތަމަ ދައުރުގެ ކައުންސިލް މެމްބަރުން ފައްޓާފައިހުރި އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދާން ބޭނުންނުވާކަހަލައެވެ. މިދިޔަ ދައުރުގައި ކުރަން ފަށާފައި ހުރި ޕްރީ ސްކޫލާއި ގެސްޓް ހައުސްގެ މަސައްކަތަށް، ކޮންޓަކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދިނުމަށް ކައުންސިލުން ފާސްކޮއްފައި އޮންނަތާ 4 (ހަތަރެއް) މަސް ވެއްގެންދާއިރު ވެސް އެފައިސާ ދޭންޖެހޭ ފަރާތްތަކަށް ފައިސާ ނުލިބިގެން މަސައްކަތް ހުއްޓާލާފައިވައި އިރުވެސް އެއްވެސް ހާސްކަމެއް ނެތެވެ. މިދިޔަ ދުވަސްތަކުގައި މިކައުންސިލްގެ އެއްވެސް މަޤްސަދެއްނެތެވެ. ކުރަން މިއުޅެނީ ކީއްކަމެއްވެސް ނޭނގެއެވެ. ރަށުގެ ސުލްހަމަސަލަސްކާމާއި، ރައްޔިތުންގެ ލާބަޔާއި، މަންފާއަށްޓަކައި މިކައުންސިލްގެ ފުރަތަމަ ދައުރުގައި ހަދާފައިވާ 25 ޤަވާއިދަށް އުސޫލް ހަދަން ކައުންސިލުން ނިންމި ނިންމުން އަދިވެސް ތަންފީޒްކުރާކަށް ނޫޅެއެވެ. މި ދެންނެވި ޤަވާެއިދުތަށް ހިފެއްޓުމަށް ކައުންސިލްއިން ހަދަންޖެހޭ އުސޫލުތައް  ނުހެދުމުގެ، ސަބަބުން ރަށުގެ ޢާއްމު މަސްލަހަތުވެސް މިހާރު މިދަނީ ގޯސްވަމުންނެވެ.

ރައްޔިތުންގެ އަދުގެ ޝަކުވާއަކީ ކައުންސިލުން މިޔަދާ ހަމައަށްވެސް ތަރައްޤީގެ އެއްވެސް ކަމެއް ނުކުރެވުނު ވާހަކައެވެ. ރޭގަނޑުގެ މެންދަމުގެ ވަގުތުގައި ވެސް އިދާރާގެ ދޮރު ނުލެއްޕޭވާހަކައެވެ. މިހެން މިކަންތައްތައް ވެގެން އަންނަ ހިނދު، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ނުވަތަ ކައުންސިލްގެ ރައީސް މިކަންކަމުގައި މާބަޮޑު ފަރުވާލެއް ނުބަހައްޓަވައެވެ. ކޮންމެކަމެއްވެސްވަރިހަމަ ކޮއްލާގެން ހުރެ މިކައުންސިލްގެ މުއައްޒަފުންގެ އަގު ޒިންމާދާރުކަން ކުޑަގޮތެއްގައި ރައްޔިތުންގެ ކުރިމަތީގައި ވަޓާލެވޭ އިރު ގޮނޑި ކޮއްކޮ ހެދިގެން ގޮނޑި ފުޅުގައި އިންނަނީއެވެ. ދައުލަތުން މުޅި އަހަރު ދުވަހަށް އިތުރުގަޑީގައި މަސައްކަތް ކުރުމުން ލިބިދޭން ހަމަޖައްސާފައިވާ ފައިސާގެ ކޯޑް 6 މަސްދުވަހު ތެރޭގައި ދީ ނިންމާލިއިރު އިތުރުގަޑި ބޭނުންކޮށްގެން ވީކަމެއްވެސް ނެތެވެ.

ކައުންސިލްގެ ޖަލްސާތަށް ބޭއްވުމުގެ ގަވާއިދުގައިވާގޮތުގެ މަތިން 32 ބައްދަލުވުން ބޭއްވުނުއިރު 170 އަށްވުރެގިނަ މައްސަލަތަކުގައި ކައުންސިލް މެންބަރުންް ބަހުސްކޮށް ގިނަ ކަންތަށްތަކެއް މިހާރުވާނީ ފާސްކުރެވިފައެވެ. ނަމަވެސް ކައުންސިލްގެ ނިންމުންތަށް ތަންފީޒް ކުރުމުގައި އިދާރާގެ ޒިންމާދާރުވެރިޔާ މެދުވެރިކޮށް ކައުންސިލްގެ ރައީސަށް މިކަން ކުރުމުގައިވެސް ވަނީ ނުކުޅެދިފައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތަކުގެ ތެރެއިން ތަންފީޒުކޮށްފައިވަނީ ކައުންސިލްމެމްބަރުން ނިންމި ނިންމުންތަކާއި ޚިލާފަށް ވަކި ބޭފުޅަކު ބޭނުންވެލައްވާފައިވާ ގޮތުގެ މަތިންކަން ފާހަގަކުރަމެވެ. ކައުންސިލްގެ އާމް ޖަލްސާ ތަކުގައި ޒިންމާދާރުވެރިޔާ އަމިއްލަފުޅަށް އަތްނެންގެވުމުން ޖަލްސާގެ ގާނޫނީއޮއިވަރު ބަދަލުކުރުމަށް ކައުންސިލްގެ ރައީސް ފުރުސަތު ދީފައި ހުރިކަން ފާހަގަކޮއްލަންޖެހެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ކައުންސިލުން ނިންމާ ގިނަ ނިންމުންތައް އަދިވެސް ޢާއްމު ނުކުރާތާއި ކައުންސިލްގެ ޖަލްސާތަކުގެ ޔަޢުމިއްޔާގައި ސޮއިކުރަން މެންބަރުންނަށް ނުދޭތާ މިހާރު އެތައް ދުވަހެއްފާއިތުވެފައިވާކަން ހިތާމަޔާ އެކު ފާހަގަ ކުރަމެވެ.

ކައުުންސިލްގެ ހިންގާ ޤަވާއިދާޚިލާފަށް ސަލާމުގައި ހުރި މެންބަރަކު އިދާރާއަށް ހާޒިރުކޮށް ރަސްމީ ގަޑި ނިމުމުން ބޭއްވި ކުއްލި  ބައްދަލުވުމުގައި އަމިއްލަފުޅަށް އެޖެންޑާއަށް ނަންފުޅު ހިމަނުއްވާ، ވަކި މަޤުސަދެއްނެތި މާލޭގައި ހުރި ސަރުކާރުގެ ވުޒާރާތަކަށް ކައުންސިލްގެ ރައީސާއި މެމްބަރަކައި ޒިންމާދާރުވެރިޔާ ވަޑައިގެން ކުރެއްވި ކަންތަށްތަކުގެ ރިޕޯޓް ކައުންސިލަށް ހުށަހަޅަަން އެދުމުން މިއަދާ ހަމައަށް އަދިވެސް ހުށަނޭޅިވަނީ އަމިއްލަ ވަކި މަޤްސަދެއް ހާސިލްކުރަން ކުރި ދަތުރެއްގެ ގޮތުގައި ބެލުމުގެ ޖާގަ އެބައޮތެވެ. އަދި ވަކިބޭފުޅަކު މާލެ ގެންދިއުމަށް ނިންމި ނިންމުކޭ ބުނެވެން އެބައޮތެވެ. މިހެން މިކަންހިގާފައިވާ ހިނދު، ކައުންސިލްގެ މެޖޯރިޓީން ޒިންމާދާރު ވެރިޔާ ސިޔާސީ ބޭފުޅަކަށް ހަދާ ހެދުމަކީ ވަރަށް ދަށުދަރަޖާގެ އަމަލެއްކަމުގައި ދެކެމެވެ.

ލާމަރުކަޒީ ނިޒާމްގެ ދަށުން އިހަވަންދޫ ކައުންސިލަށް ދެވަނަ ދައުރަކަށް އިންތިޙާބްވެފައިވާ މި ޒުވާން ކައުންސިލްގައި  އެކި ކަންކަމަށް ޤާބިލް ހުނަރުވެރިން ތިބިކަމުގައި އަޅުގަނޑުމެން ދެކެމެވެ. ނަމަވެސް ހިތާމަ އަކީ ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދޭންޖެހޭ ފޮނިމީރުކަން ގެނެސްދިނުމުގައި މުޅިކައުންސިލް އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރުމަށް ނުކުޅެދި، މިކަންސިލް ބަދުނާމުވަމުން އަންނައިރު ކައުންސިލްގެ ރައީސަށް މިވަނީ ކީއްކަމެއްވެސް ނޭގޭތީއެވެ. އިންސިޓިއުޓް އޮފް ގަވަރނާސް އިން ބަނޑޮސް އައިލެންޑު ރިސޯޓްގައި ހިންގާ ކައުންސިލަރުން މަޤާމަށް އަޙްލުވެރި ކުރުމުގެ ކޯހަށް ދިއުމުގެ ފުރުސަތު އެއްވެސް މެންބަރަކަށް ނުދީ އެފުރުސަތު ވަނީ ދެފަހަރެއްގެމަތިން ގެއްލުވާލާފައެވެ. ރައްޔިތުންގެ ހައްޤުގައި އިންތިޙާބްވެފައިވާ ބޭފުޅުންނަށް ބެލެމެއްނެތެވެ. ކައުންސިލް މެންބަރުންގެ ކުރިއެރުމަށް ސަރުކާރުން ލިބޭ ފުރުޞަތުތައްވެސް މެންބަރުންނަށް ނުދީ ހިފަހައްޓަނީއެވެ. ބައެއްޙާލަތުގައި ކައުންސިލް ހިންގުމާއި ހަވާލުވެ ހުރީ ރައީސް ކަން ނުވަތަ ނައިބު ރައީސް ކަންވެސް މެންބަރުންނަށް ނޭގޭދަރަޖައަށްވެސް ގޮސްފައި ހުރިކަން ފާހަގަކޮއްލަމެވެ.

މީގެ، އިތުރުންވެސް ގިނަ ކަންކަމުގައި މިކައުންސިލް ފެއިލްވެގެންދާއިރު، ކައުންސިލްގެ މެޖޯރިޓީން ކައުންސިލްގެ ރައީސް ބަދަލުކުރުމުގައި އިސްނަގަންޖެހޭކަމުގައި އަޅުގަނޑުމެންދެކެމެވެ. މިކަމުގައި އިސްނަގަން ކައުންސިލްގެ މެޖޯރިޓީން ނުކުޅެދޭނަމަ ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބިދޭންޖެހޭ ފޮނި މީރުކަން ލިބިގެން ނުދާނެކަން ޔަގީނެވެ. އަޅުގަނޑުމެންނަކީ ސަރުކާރުގެ ސިޔާސަތުތަށް ޤަބޫލްކޮށް، ކައުންސިލްގެ ހިންގުމުގައިވެސް ގުޅިގެން މަސައްކަތްކުރުމަށް ތިބި މެމްބަރުން ކަމުގައި ވީނަމަވެސް އަޅުގަނޑުމެންގެ ބާރުވެސް މިޔަދު މިވަނީ ކަނޑުވާލާފައެވެ. އަދި ކައުންސިލް އަކީ އެއްވެސް އާރެއް ބާރެއްނެތް ތަނެއްގެ ގޮތުގައި ރައްޔިތުންނަށް ސިފަކޮށްދީ އިދާރާގެ ނަންވެސް މިއަދު ވަނީ ހުތުރުކޮށްފައެވެ.

ކުރުކޮށް ބުނަނީނަމަ މިކައުންސިލްގެ މިސާލަކީ ދާންބޭނުންވާ މަންޒިލް ނޭނގި މިސްރާބު އޮޅި މާސިންގާ ކަނޑުގައި ބެހިފައިވާ ދޯންޏެއްގެ މިސާލެވެ. ފަޅުވެރިންނާއި ކެޔޮޅާއި އޮންނަންޖެހޭ ގުޅުމެއްނެތެވެ. ބައެއްކަންތައްތައް ކައުންސިލް މެންބަރުނާއި މަސްވާނުކޮއް ރައީސް އަމިއްލަފުޅައް ކަންކޮއްފައި ހުރިކަން ފާހަގަކުރަމެވެ. ކައުންސިލްގެ އުމުރުން އެންމެ 6 މަސް ވީއިރު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ކައުންސިލް ފެއިލް ވެފައިވާކަމަށް ބުނުމަކީ މިއަދު އަޅުގަނޑުމެން ލަދުވެތިވާން ޖެހޭވަރުގެ ކަމެއްކަމަށް ޤަބޫލްކުރަމެވެ.  އަޅުގަނޑުމެންނަށް ލިބިފައި މިވާ 3 އަހަރުތެރޭގައި ރައްޔިތުންނަށް ކަންތައްތަކެއް ކޮއްދޭން ބޭނުންނަމަ ކައުންސިލްގެ ރައީސް ބަދަލުކުރަން ޖެހޭކަމުގައި ދެކެމެވެ. ކަންކަމުގައި ތަޖުރިބާހުރި ބޭފުޅުންގެ ހިޔާލު ހޯދުމަކީ ވެސް އޮންނަން ޖެހޭ ކަމެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ. އެހެންނަމަވެސް ހަމާންނެއްޓިގެން ދާންޖެހޭނެ ކަމުގައި ނުދެކެމެވެ. ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ މައްޗަށް އަމުރު ހިންގޭނެ އަދި ކައުންސިލް ނިންމާނިންމުންތަކަށް އިޙްތިރާމްކޮށް ތަންފީޒު ކުރަން މަސައްކަތް ކުރާނެ ރައީސެއް މިއަދު އަޅުގަނޑުމެން ބޭނުމެވެ. އަދި އެއްޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނެ ޤާބިލްކަންހުރި މިފަދަ އެހެން ބޭފުޅަކު ކައުންސިލްގެ މެޖޯރިޓީގައި ހުރިނަމަ ކައުންސިލް ލީޑަރުކަންދޭން އަޅުގަނޑުމެން މިތިބީ ތައްޔާރައްކަން ޔަގީންކޮއްދެމެވެ.

އަޅުގަނޑުމެން މިބަޔާން ނެރުނީ ރައްޔިތުން ކުރިމަތީ މިއަދު ކައުންސިލް ބަދުނާމުވަމުންދާތީއާއި ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި ކައުންސިލުން ފިޔަވަޅު އެޅުމަށް މަސައްކަތްކުރާ މަންޒަރުނުފެންނާތީއެވެ. އަދި މިފަދަބަޔާނެއް ނެރެންޖެހޭ ހާލަތަށް ކައުންސިލް ހިގައްޖެ ކަމަށް ޤަބޫލްކުރެވޭތީ އާއި މިކައުންސިލް ބަދުނާމުވެ ރައްޔިތުންގެ ކުރިމަތީ ކައުންސިލް ފެއިލްވަމުންދާތީ މި ކަންކަމައި ގުޅޭގޮތުން އަޅުގަނޑުމެން ދެކޭގޮތް ހާމަކުރުމުގެ މަޤްސަދުގައި ވެސްމެއެވެ.

04 ސެޕްޓެމްބަރ 2014

"

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ތީގަ ބައެއްކަން އަދިމަދު؟ ކޮބާ ނައިބާ ރައީސްގެ ކޯޅުން؟

– 4 ސެޕްޓެމްބަރު 2014 2

މި ލިއުން ޕްރިންޓް ކުރުމައްޓަކައި އެކިފަހަރުމަތިން ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތައް ކުރުމަށް ގެނެސްފައިވާ ކަރުދާހުން އޭފޯ ރީމެއްގެ ކަރުދާސް ހުސްކުރިކަމަށް މަޢުލޫމާތު ލިބޭ. މީ ވަރަށް ކަންބޮޑުވާޖެހޭ ކަމެއް، އަދި އިދާރާގައި އިންޓަރނެޓްގެ ޚިދުމަތް މިހާރު ހޯދުމަށް ބޭނުންކުރާ މޮޑެމްގެ ބިލް -/3000 އަށްވުރެ މަތިކަމަށް މަޢުލޫމާތު ލިބޭ. މި މޮޑެމް އަށް ވެރިވެގަނެގެން އުޅެނީ ތިޔަ އެމް.ޑީ.ޕީގެ 3 ކައުންސިލަރުން ކަމަށްވެސް ވޭ. ހިތާމަހުރި

– 4 ސެޕްޓެމްބަރު 2014 7

"ފާއިތުވި 6މަސް ދުވަހުގެ ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯރޓް ޑްރަފްޓްކޮށް ކައުންސިލްގެ މެންބަރުންނާއި ހަމައަށް ގެނާއިރު މިދައުރުގައި ހިނގާފައިނެތް ގިނަ ކަންތައްތަކެއް ހުރުމުން އިސްލާހުކުރުމަށް އެތައްފަހަރެއްގެ މަތިން އެދުމުން އިސްލާޙް ނުކޮއް އެރިޕޯރޓްކައުންސިލްގެ ހަތަރު މެންބަރުން ސޮއިކޮއް ކަމާބެހޭ ވުޒާރާތަކަށްވަނީ ފޮނުވާފަ" މީބޮޑުކޮށް ތަހުގީގު ކުރަންޖެހޭކަމެއް. މިކަން ތަހުގީގުކުރަމަށް ގޮވާލަން.

– 4 ސެޕްޓެމްބަރު 2014 2

ކިހާދެރަކަމެއް. ކޯޅުން ނުކޯޅެ ކައުންސިލް އިސްލާހުވެބަ. ލަދުން ބޯހަލާކު.

– 6 ސެޕްޓެމްބަރު 2014 0

މީ ކޮންނަންބަރެއްތަ: މިކަންސާުކޮށްލަދިބަލަ: ނަންބަރ:RSM/C-07A/01082014

– 6 ސެޕްޓެމްބަރު 2014 1

މީ ވަރަށްފެންވަރެއް ނެތް ބަޔަކު ލިޔެފައިވާ ލިޔުމެއްކަން ފާހަގަވޭ. ލިޔުމުގެ ކުށްތަކާއި އެއްޗެހި އެހާގިނަ.

– 6 ސެޕްޓެމްބަރު 2014 3

މި ބަޔާނުގައި އެބުނާ ރިޕޯޓެއް ފޮނުވުމަށް 4 މެންބަރުން ސޮއިކުރި އިރު ތިބީ ހަމަހެއިގަތޯ ސުވާލު އުފެދޭ؟ ތިން މެންބަރުން މި ބަޔާން ނެރުމުގެ ކުރިން މިހާރުގެ ރައީސްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ފަހު ތިތަނުން ޤާބިލު މީޙަކު ރައީސްކަމާއި ޙަވާލުނުވީ ކީއްވެގެންތޯ އެވެ. މި ރިޕޯޓަނަް ބަލާއިރު މި ބަޔާން ނެރުނު 3 މެންބރުންނަކީ މުޅިން ހަމަޖެހޭ 3 މެންބަރުންކަމަށް ދަންނަވަން ދައްޗެވެ. މި 3 މެންބަރުންނަކީ އެއްވެސް ޙިކުމަތްތެރިކަމެއް ނެތް 3 މެންބަރުންނެވެ.

– 6 ސެޕްޓެމްބަރު 2014 3

ރީތިގޮތުގައި އިސްތިއުފާ ދެއްވާ

– 7 ސެޕްޓެމްބަރު 2014 0

ހުރިިހާ އެންމެން ކަމަކީ ގޮނޑި ހޫނުކުރުން އިސްތިއުފާ ދީފަ ގޭގަ ތިބުން ރަގަޅުވާނެ

– 7 ސެޕްޓެމްބަރު 2014 0

މެޖޯރިޓިއަށް ތަބާވެ. އެއްބަޔަކަށް ވެސް ވަކި މެޖޯރިޓީއެއް އޮށްހެނެއް ހިޔެއް ނުވޭ. ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރަން ދަންނަ މެންބަރުން ތަކަށް ވުމަށް ގޮވާލަށް. ކޮބާ ރައްޔިތުންގެ ނިންމުމަކީ...

– 8 ސެޕްޓެމްބަރު 2014 0

އެއްވެސް ކައުންސިލެއް ކަމެއް ކޮށްފިތަ. ނޫސް ބަޔާން ނެރެވެނިކޮށް ނިމުނީތަ. ޒިންމާދާރު ކުރުމަށް ތިއަ މީހުން ކުރިކަމެއް ނޫސް ބަޔާނުގައި ހާމަ ކޮށްލިނަމަ ހާދަހާވާ ޒިންމާދާރު ވީހޭ. އެއްކަމެއް ނުކުރެވޭނެ. ތިއައިން ކޮންމެ މީހެއްވަނީ ފިތިފައިން ނިގުލަކައިގެން. އއަމިއްލަ ވިސްނުމުން ކަމެއް ކުރެވޭނެ އެއްވެސް ..ކު ތިއަ ތާކުނެތް...

– 10 ސެޕްޓެމްބަރު 2014 0