[HEADER BANNER]
[AD]

ރާއްޖޭގެ ފިލްމުތައް – ރާއްޖޭގެ މުޖުތަމަޢުއާ ގުޅުވަން ޖެހިފައި


ދިވެހިފިލްމެއްގެ މަންޒަރެއް...

އަބަދުވެސް ކޮޕީކުރުމުގައި ދިވެހިން މަޝްޙޫރުކަމަށް ބުނުމަކީ، ދިވެއްސަކަށްވެހުރެ ދިވެހިންނަށް ބުނެވޭ ބަދުބަހެއް ނޫނެވެ. ދިވެހިންނަކީ ފެށުނީންސުރެ މިކަމުގައި، ނުވަތަ ކޮޕީކުރުމުގައި ދުނިޔޭގެ އެއްވަނައޭ ބުނެވިދާނެއެވެ. ރަނގަޅުވާހައެކެވެ. އަހަރެމެންނާ އަވަށްޓެރި އިންޑިޔާއިން ވެސް ވަރަށްބޮޑަށް ކޮޕީކުރުން ގެންގުޅެއެވެ. އެމީހުން ނައިކު ކުންފުނިން އުފައްދާ ކޮންމެ އެއްޗަކަށް މައިކުގެ ނަމުގައި އެއްޗެއް އުފައްދައެވެ. އެހެނަސް ދިވެހިން ފަދައަކުން ނޫނެވެ. ބަނޑިއަކަށް ބަނޑިއެއް ނުލައްވައެވެ. އަމިއްލަ ވަންތަކަން ދޫކޮށް ޘަޤާފަތުން ބޭރެއް ނުވެއެވެ.

ރާއްޖޭގައި މިކަމުގެ ހުޅު އެންމެ ބޮޑަށް ހިފައިފާވަނީ، ދިވެހިންގެ ފިލްމު އިންޑަސްޓުރީ ދޮލީވުޑުގެ ފިލްމުތަކުގައެވެ. ދިވެހިން އެމީހުންގެ ފިލްމުތައް ކޮޕީކުރެއެވެ. މިކަން އެންމެ ބޮޑަށް ފެނިގެންދާ އެއް ފިލްމަކީ، ބޮލީވުޑުގެ ފިލްމެއްކަމަށްވައި، ދަޅްކަންއާއި އެއްގޮތަށް ކުޅެފައިވާ ހިތް އެދެނީ މިފިލްމެވެ. މިފިލްމުގައި ހަމައެކަނި، ފިލްމުގެ ވާހަކަ އެއޮތްގޮތަށް ކޮޕީކުރީކީ ނޫނެވެ. ލަވަތައްވެސް އަކުރުން އަކުރަށް ކޮޕީކޮށްފައެވެ. އެވަރުން އަދި ފުދުނީކީ ނޫނެވެ. އެފިލްމުގައި ބޮލީވުޑުގެ މަޝްޙޫރު މަހުޖަނު، ސުނިލްސެޓީ ފިނިގަދަ ތަނެއްގައި، ޓީޝާޓު މަތިން ގަމީސްލާފައި ހުންނާތީ ހަމަ އެގޮތަށް ދިވެހި ފިލްމުގައި އައްސަދު ޓީޝާޓު މަތިން ހުންނަނީ، ގަމީސްލައިފައެވެ.

މިއީ، ދިވެހި ފިލްމުގެ ޑައިރެކްޓަރުންނާއި، ފިލްމު އުފެއްދުން ތެރިން    ވިސްނަންޖެހޭ ކަމެކެވެ. ދިވެހިން، ބޮލީވުޑުގެ ފިލްމުތައް ކޮޕީކުރާ ބީދައިން އެމީހުން ލަވަތައް އެގޮތަށް ކޮޕީކުރުމަށް، އުފާކުރެއެވެ. އެކަމުން ބައެއްފަހަރަށް ތަކުލީފުތައްވެސް ކުރިމަތިވެއެވެ. އެގޮތުން ވަރަށްފަހުން ދިވެހިންގެ ފިލްމުއިންޑަސްޓުރީގައި މަޝްޙޫރުކަން ހޯދި، މަޝްޙޫރު ފިލްމު ޑިރެކްޓާރ، ފާތިމަތު ނަހުލާގެ ޔޫސުފުގައި ވަނީ ކޮޕީރާގުތަކެކެވެ. އެކަން އެގޮތަށް އޮތުމުން ލަންކާގެ ފިލްމު ފެސްޓިވަލްގައި އެފިލްމު ބައިވެރިކުރުމަށް އަލުން އަމިއްލަ ރާގުތަކަކަށް އެފިލްމުގެ ލަވަތަކުގެ ރާގު ބަދަލުކުރަން ޖެހުނެވެ.

އެހެންކަމުން ދިވެހިންގެ މުޖުތަމަޢުއާ ގުޅޭގޮތަށް، ދޮލީވުޑުގެ ފިލްމުތައް ބައްޓަންކުރުމަށް ދިވެހި ފިލްމީ ޑައިރެކްޓަރުން ވިސްނާންޖެހެއެވެ. އަދި އެފިލްމަކީ، ކޮޕީ ފިލްމެއްކަމުގައި ވީނަމަވެސް ދިވެހި މުޖުތަމަޢުއާ ގުޅޭގޮތަށް ކޮޕީކުރެވިދާނެއެވެ. އެއީ ބޮލީވުޑުން މަޝްޙޫރު ހޮލީވުޑުގެ ފިލްމު ޓާރމިނޭޓާރ ކޮޕީކޮށް، ނާގު އުފެއްދިގޮތަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

މީހަކު ކަމެއް ކުރީމަ އެކަން ކުރުމަކީ ކޮޕީ ކުރުމެއް ނޫނޭ!!!!

– 26 ޖޫން 2014 0