[HEADER BANNER]
[AD]

ރޫހާނީ އެއްޗެއް މީހަކަށް ހަމަލާދެނިކޮށް ފެންނަ ވީޑިއޯ އެއް އާއްމުވެއްޖެ

5 މެއި 2014 0

މީހުން ނަގާ ފޮޓޯ ތަކާއި ވީޑިއޯ ތަށް ފަހުން ބަލާއިރު، އެއެއްޗެތިން ރޫހާނީ ބައެއް ކަންތައްތައް ފާހަގަވާ ވާހަކައަކީ ވަރަށް އާއްމު ވާހަކަ އެކެވެ. އެފަދަ ފޮޓޯތައް ނުވަތަ ވީޑިއޯތައް ކުރާވަގުތު ރޫހާނީ އެއްޗެއްގެ އިހުސާސް ވި ކަމެއްވެސް މިފަދަ ހާދިސާތަކުން މީހުންނަށް އެނގިފައެއް ނުވެއެވެ.

ނަމަވެސް މިފަހަރުގެ ވާހަކަ ތަފާތެވެ. މިވީޑިއޯއިން ފެންނަނީ އިމާރާތެއްގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާއަކަށް ރެކޯޑުކުރެވިފައިވާ މަންޒަރެކެވެ. މި ވީޑިއޯއިން ފެންނަނީ، އިމާރާތެއްގެ ކޯރިޑޯގައި ހިނގާލާފައި ދާ މީހެއްގެ ކުރިމައްޗަށް  ކަޅު ކުލައިގެ ހިޔަންޏެއް އަރައި، އެ މީހާ ވައްޓާލާތަނެވެ. އަދި އެމީހާގެ ކަނާތު ފާގައި ހިފާފައި އެމީހާ ހިނގަމުންދިޔަ މިސްރާބަށް ދަމާފައި ގެންދާ ތަނެވެ.

ވީޑިއޯން ފެންނަ މީހާ ވައްޓާލައި ދަމާފަ ގެންދަން ފެށުމުން އެ ރޫހާނީ އެތީގެ ކިބައިން ސަލާމަތްވުމަށް އުޅުނުތަން ފެނެއެވެ. ދެން އެމީހާގެ ފައިން ދޫކޮށްލުމަށްފަހު ކުއްލިއަކަށް އެ ކަޅު ހިޔަނި އެތަނުން ޣައިބު ވާތަން ފެނެއެވެ.

ވެއްޓިފައި އޮތް މީހާ އައި ކޮޅަށް ދުވެފައި ދާއިރު، ފަސްއެނބުރި ބަލަމުން ދާތަން އެ ވީޑިއޯއިން ފެނެއެވެ. މިވޯޑިއޯގެ އަސްލު ނޭނގޭ ނަމަވެސް، އިންޓަރނެޓުގައި މިވީޑިއޯ ދަނީ ހަލުއިކަމާއި އެކު ދައުރުވަމުންނެވެ. ޔޫޓިއުބަށް އަޕްލޯޑުކޮށްފައިވާ މިވީޑިއޯއަށް މިހާރު ވަނީ މިލިޔަނެއްހާ ހިޓްސް ލިބިފައެވެ.

މިވީޑިއޯއަށް ކޮމެންޓު ކޮށްފައިވާ ބައެއް މީހުން އެމީހުންނަށް ދިމާވެފައިވާ ރޫހާނީ ވާހަކަތައް ކިޔާދީފަ ވާއިރު، އަނެއްބަޔަކު ބުނަނީ މިވީޑިއޯއިން ފެންނަނީ ކޮމްޕިއުޓަރ އިން އެޑިޓުކޮށް ހަދާފައިވާ މަންޒަރެއް ކަމަށެވެ.

[BOTTOM CONTENT BANNER]

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ