[HEADER BANNER]
[AD]

ގޯތި ދިނުމުގެ މަސައްކަތް ފަށައިފިން، ޝަރުޠު ހަމަވި ހުރިހާ ފަރާތްތަކަށް ގޯތި ދެވޭކަށް ނެތް: އާޞިފް


އިހަވަންދޫ ކައުންސިލްގެ 2 ވަނަ ދައުރުގެ މެމްބަރުން ހުވާ ކުރައްވަނީ / ފޮޓޯ: ފޭސްބުކް

އިހަވަންދޫން ގޯތި ދިނުމަށް ފަށާފައިވާ މަސައްކަތް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް އިހަވަންދޫ ކައުންސިލުން ފަށާފައިވާކަމަށް ކައުންސިލްގެ ރައީސް މުޙައްމަދު އާޞިފް ވިދާޅުވެއްޖެއެވެ.

އިހަވަންދޫޑޮޓްކޮމް އަށް އާޞިފް ކުރިން ވިދާޅުވެފައި ވަނީ ހައުސިންގ މިނިސްޓްރީން އަންގައިގެން ގޯތި ދިނުމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް ގޯތި ދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިއަދު އާޞިފް ވިދާޅުވެފައި މިވަނީ ގޯތި ދިނުން ހުއްޓާލަން ޖެހޭ ފަދަ އެންގުމެއް ހައުސިންގ މިނިސްޓްރީން އަންގާފައި ނުވާކަމަށް ކައުންސިލް މެމްބަރ ޢަލީ ރަމީޒް ވިދާޅުވެފައި ވަނިކޮށެވެ.

އާޞިފް އިތުރަށް ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހުއްދަ ދީފައި ވަނީ 100 ގޯތި ދޫކުރަން ކަމަށް ވާތީ، އެ ހުއްދައާ ޚިލާފުވާ ގޮތަށް ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެފައިވާ 248 ފަރާތައް ގޯތި ދެވެން ނެތްކަމަށާއި، ނަމަވެސް ހުއްދަ ދީފައިވާ މިންވަރު އިތުރު ކުރެވޭތޯ ބައްލަވާނެ ކަމަށެވެ.

ޝަރުޠު ހަމަވި ހުރިހާ ފަރާތްތަކަށް ގޯތި ދެވެން ނެތަތީ ޝަރުޠު ހަމަވި ފަރާތްތަކަށް ޕޮއިންޓް ދޭނެ އުޞޫލެއް ކަނޑައެޅުމަށްފަހު ގޯތި ދޫކުރެވޭނީ އެންމެ މަތިން ޕޮއިންޓް ހޯދާ ފަރާތްތަކަށް ކަމަށާއި، ގޯއްޗަށް އެދުނު ފަރާތްތަކުގެ ބައެއް މަޢުލޫމާތު ގިނަ ދުވަސް ވުމުގެ ސަބަބުން ބަަދަލުވެފައި ވާތީ، ޕޮއިންޓް ދިނުމުގެ ކުރިން އެ މަޢުލޫމާތުތައް އަލުން ހޯއްދަވާނެ ކަމަށް ވެސް އާޞިފް ވިދާޅުވިއެވެ.

ޝަރުޠު ހަމަވެފައިވާ ހުރިހާ ފަރާތްތަކަށް ގޯތި ދެވެން ނެތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއިރު، ކުރީގެ ކައުންސިލުން 2013 ފެބްރުއަރީ 25 ވަނަ ދުވަހު ވެފައިވާ އިޤުރާރުގައި އޮންނަނީ، ގޯތި ބޭނުންވެ އަކަމަށް ޝަރުތު ހަމަވެފައިވާ ފަރާތްތަކަށް ގޯތި ދެވެން އޮވެމެ ގޯތި ނުދީ ހިފެހެއްޓުމަކީ އިހަވަންދޫ ކައުންސިލަށް ކުރެވޭނެ ކަމެއްކަމަށް ނުފެންނާތީ އާއި، އެ ފަރާތްތަކަށް ގޯތި ހަމަޖައްސައި ނުދެވިއްޖެ ނަމަ، އެ ފަރާތްތަކަށް ލިބިގެންވާ އަސާސީ ބައެއް ޙައްޤުތައް ގެއްލިދާނެ ކަމަށް ފެންނާތީ އާއި، އަދި އެ ފަރާތްތަކަށް ގޯތި ދެވެން އޮވެމެ ގޯތި ނުދީ ހިފެހެއްޓުމަކީ ލާމަރުކަޒީ ޤާނޫނުން އިހަވަންދޫ ކައުންސިލްގެ މައްޗަށް ލާޒިމްކޮށްފައިވާ ޒިންމާތަކާވެސް ޚިލާފުވުންކަމަށް ފެންނާތީ، ލާމަރުކަޒީ ޤާނޫނުން އިހަވަންދޫ ބިމާއި ރައްޔިތުންގެ މައްޗަށް އިހަވަންދޫ ކައުންސިލަށް އޮތް ޒިންމާ އަދާކުރުމަށްޓަކައި އަދި އެ ޤާނޫނުން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ހުއްދަ ނުދިން ނަމަވެސް ޝަރުތު ހަމަވި 248 ފަރާތަށް ވެސް ގޯތި ދިނުމަށެވެ.

[BOTTOM CONTENT BANNER]
އިހަވަންދޫ ކައުންސިލް, ގެވަޅު ދޫކުރުން

ގުޅުންހުރި

ޚިޔާލު ފައުޅުކުރުން

ޚިޔާލެއް ލިޔުއްވާ

ޢިލްމެއް ހުނަރެއް، ބުނާ ބަސް ދިމާ ކުރުވަން ނޭނގޭ، އެއްޗެއްގައި ވެފައިވާ އިޤްރާރެއްގައި ވާގޮތަށް ކަންތައް ކުރަން ނޭނގޭ ބަޔަކު މި ކައުންސިލަރުންގެ ތެރޭގައި އެވަހުރި. ކަން މިހެން ހުރުމާއެކު މިފަދަ ނިންމުންތަކަށް ރައްޔިތުން ނޫނެކޭ ބުނަމާ...... އާސިފް އިސްތިއުފަ...!

– 3 އޭޕުރީލު 2014 0

ގަރާރު އެހެން އޮއްވައެއް އެހެން ނިމުމެއް ނިންމޭނީ ގަރާރު ބާތިލް ކުރުމަށްފަހު. އެހެންނޫނީ ކައުންސިލްގެ ނިންމުމަކާއި ރައީސް އާސިފަށް ޚިލާފު ވެވުނީ ކަމަށް ބަލާ ޖުރިމަނާ ކުރެވިދާނެ ނުވަތަ އަދަބެއް ލިބިދާނެ

– 3 އޭޕުރީލު 2014 0

ަައާސިފް.މުއިދު އިބުރާހިމް.ވެސް އިސްތިއުފާ ދެއްވާަ

– 3 އޭޕުރީލު 2014 0

ހައުންސިން މިނިސްޓުރީ 160 ގޯތި ދޫކުރުމަށް ހުއްދަ ދީފައިވާނެ.ވާނުވާ ނޭގި މުހައްމަދު އިބުރާހީމް ބުނާއެއްޗެއް އަޑުއަހާ ވާހަކަ ދައްކާގެން ހައްލެއް ނުލިބޭނެ. މުހައްމަދު އިބުރާހީމްގެ ވަބާއިން ކައުންސިލް ސަލާމަތް ކުރައްވާށި...

– 3 އޭޕުރީލު 2014 0

މުހައްމަދު އިބުރާޙިމް މިމަހުވެސް 17000 ރ މުސާރަޔަކީ 8800 ރ . އިތުރުގަޑި މެކުހައް... ކައުުންސިލްގެ ރައީސް ކޮރޮޕްޓްވެފައި...

– 3 އޭޕުރީލު 2014 0

ކައުންސިލްގެ ރައީސާއި ނާބްރައިސް އަމިލަ މައްސަލަހަތު އިސްކޮށް ކައުންސިލްގެ އެހެން މެންބަރުންނައް ނޭގި ކަންތައް ނިންމަމުން ދާ ދިޔުން އަލުގަނޑު ކުއްވެރިކުރަން...އިހަވަންދޫ ކައުންސިލް އިން މިފަދަ ނިންމެވުމެއް ނިންމާފައި ނުވާނޭކަމަށާއި މި ކައުންސިލްގެ ރައީސް އިތުރުފުޅު ހައްދަވާ ކައުންސިލް މެންބަރުންގެ އެއްވެސް ބަހެއް ނެތި ދީފައިވާ ހަބަރެކެވެ.

– 4 އޭޕުރީލު 2014 0

އަޅުގަނޑު ހަބަރު ލިބޭ ގޮތުގައި މިފަދަ ނިންމެވުމެއް ކައުންސިލްގެ ބައްދަލުވުމަކުން ނިންމާފައި ނުވާހިދު މިފަދަ ވާހަކައެއް ކައުންސިލްގެ ނަމުގައި ތި ލިޔުވީ ރައްޔިތުންނާ ކައުންސިލްގެ ދެންތިބި މެންބަރުންނާއި ޖައްސަވަންތޯއެވެ.!! ނޫން ނަމަ ތާއީދު އިތުރު ކުރުވަންތޯއެވެ...އަލުގަނޑު ރީތި ގޮތުގައި މަނިކުފާނުގެ އިސްތިޢުފާ އަށް ގޮވާލަން އަދި މި ގޮވާލުމުގައި ތަނެއް ދޮރާޓެއް ނޭގޭ މުޢީދު އިބްރާހިމް ވެސް ސާމިލް ކުރަމެވެ.

– 4 އޭޕުރީލު 2014 0

ްއަލުގަނޑު ގަބޫލުކުރާ ގޮތުގާ ކައުންސިލް ގެ ރައީސް ވަނީ ފޭލިވެފާ މިހާރުން މިހާރް އިސްތިއުފާ ދެންވާ...... އަދި ރައީސް ގެ ނިގޫ ވަނީ ފިތިބާރުވެފާ ރިމޯޑު ވަވީ މުހައްމަދު އިބުރާހިމް އަތުގާ އަދި ބަހާ އަމަލާ ދިމާނުވާކަން ފާހަގަކުރަން...

– 4 އޭޕުރީލު 2014 0

އަޅުގަނޑަކީ ވެސް ގޯޗަށް އެދިފައިވާ މީހެއް... އަޅުގަނޑު ކައުންސިލގެ މެމްބަރެއްގެ ގާތުން މަޢުލޫމާތު ސާފުކުރިއިރު ގޯތި ދޫކުރުމާއި ބެހޭ އެއްވެސްކަމެއް ހިނގާ ކަމަކަށްނުވި.... ހުސްދޮގު އާސިފް،މުއީދު އިސްތިޢުފާ ތިތިބީ މުހައްމަދު އިބުރާހީމް ބުނާގޮތަށް ކައުންސިލް ހިންގިފަާ... މަ ހީ ހީ ހަލާކު. ..

– 4 އޭޕުރީލު 2014 0

މުހައްމަދު އިބްރާހިމް އަތްދަށުވެ ކައުންސިލް ހަލާކުގެ ތެރެއަށް ވެއްޓުނީބާ.

– 4 އޭޕުރީލު 2014 1

އާސިފު އިސްތިއުފާ!

– 7 އޭޕުރީލު 2014 0