ކުޑަކުދިން ގިނަވަގުތު ޓީވީ ބެލުމުން އަޙުލާގަށް ބަދަލުއާދޭ.
ލިޔުނީ: ޙަމީދު ބުދަ, 04 ނޮވެމްބަރ 2009 11:05

އެމެރިކާގެ ސިއްޙަތާ ބެހޭ މާހިރުން ޤަބޫލުކުރައްވާ ގޮތުގައި 2 އަހަރުން ދަށުގެ ކުޑަކުދިން އެއްގޮތަކަށްވެސް ޓީވީ ބަލައިގެން ނުވާނެއެވެ. އެންމެ ފަހުގެ ހޯދުންތަކުގެ އެހީގައި ގިނަވަގުތު ޓީވީ ބެލުމުގެ ސަބަބުން ކުދިންގެ އުޅުމަށާއި އަޙްލާގަށް ބޮޑެތި ބަދަލުތަކެއް އަންނަކަމަށް ފާހަގަކުރެވިފައިވެއެވެ.
ހޯދުން ތަކުން އެނގިފައިވާ ގޮތުގައި ޅަފަތުގައި ކުދިން ޓީވީ ބެލެމުން އެކުދިންނަށް ކަމެއް ދިމާވާ ކޮންމެ ފަހަރަކު ހަޅޭލެވުމާއި ތެޅުން، އާންމު ކަމަކަށް ވެއެވެ. އަދި މިހޯދުންތަކުން އެނގިފައިވާ ގޮތުގައި ޓީވީކައިރީ ގިނަވަގުތު ހޭދަކުރުވަރަކަށް އަޙުލާގު ގޯސްވެގެން ދެއެވެ.
ހޯދުންތައް ހޯދާ މާހިރެއް ކަމަށްވާ ޖެނިފަރ، ނިއުޔޯރކުގެ ޔުނިވަރސިޓީ އޮފް އަލްބެނީގައި ހާމަކޮށްފައިވާ ގޮތުގައި ބެލެނިވެރިން އެބައިމީހުންގެ ދަރިން ޓީވީ ބޭނުން ކުރާގޮތާމެދު ވިސްނަން ޖެހެއެވެ.
އަންހެނުން ކުދިން ހޯދުން ފަސްކުރުމުން ލިބޭ ނުކުޅެދޭ ކުދިންގެ ޢަދަދު އިތުރުވަނީ
ލިޔުނީ: ޙަމީދު ހުކުރު, 30 އޮކްޓޫބަރ 2009 14:00
އަންހެނުން ކުދިން ހޯދުން ފަސްކުރުމުން، ޑައުން ސިންޑްރޯމް ޖެހިފައިވާ ކުދިން ލިބިފައިވާ މިންވަރު ވޭތުވެދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި އެތައް ގުނައެއް މައްޗަށް ގޮސްފައިވެއެވެ.
ޑައުން ސިންޑްރޯމް އަކީ ކޮބާ؟
ޑައުން ސިންޑްރޯމް އަކީ ހަށިގަނޑުގައި އުފެދޭ އިތުރު ޖެނެޓިކު ކުރުމޮޒޯން އެއްގެ ސަބަބުން ހަށިގަނޑުގެ ހެދި ބޮޑުވުމަށާއި ވިސްނުމަށް އަންނަ ލަސްކަމެވެ. މިހެންކަމުން ޑައުން ސިންޑްރޯމް ޖެހިފައިވާ ކުއްޖާ އުމުރުން 12 އަހަރު ވާއިރުވެސް 4 އަހަރުގެ ކުއްޖެއްގެ ވިސްނުމާއި ފިކުރު ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ޑައުން ސިންޑްރޯމް އަށް ބައެއް ފަހަރު "ޓްރިސޮމީ 21" އޭ ވެސް ކިޔައެވެ.
ކުޑަދަރިފުޅަށް ޖައްސާ ތުމުގެ ސަބަބުން ވާހަކަދެއްކުމަށް އުނިކަން އަންނަކަމަށް ހޯދުންތަކުން ދައްކައިފި.
ލިޔުނީ: ޙަމީދު ބުދަ, 21 އޮކްޓޫބަރ 2009 16:07

ކުޑަދަރިފުޅަށް ޖައްސާ އެކިވައްތަރުގެ ތުން ތަކުގެ ސަބަބުން އެކުދިންގެ ވާހަކަ ދެއްކުމަށް އުނިކަން އަންނަކަމަށް ހޯދުންތަކުން ދައްކައިފިއެވެ. ސައިންސުވެރިންނަށް ހޯދިފައިވާ ގޮތުގައި ޕުރީސުކޫލު ކުދިންގެ ތެރެއިން މަދުވެގެން 3 އަހަރު ވަންދެން ތުން ބޭނުންކޮށްފައިވާ ކުދިން އެކުދިން ވާހަކަދެއްކުމުގައި ނުކުޅެދުން ތެރިކަމެއް (އުނދަނގޫ ކަމެއް) ހުރެއެވެ. އަދި މިއާއި އެކު ކުޑައިރު އިނގިލި އަނގަޔަށްލައިގެން ބޮއިހަދާ ކުދިންވެސް ވާހަކަދެއްކުން ލަސްވާކަން ވެސް ވަނީ ހޯދިފައެވެ.
މައިބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިޢުމާލު ކުރުން: ނުކުޅެދޭ ކުދިން ލިބުމުގެ ފުރުޞަތު 20 އިންސައްތަ އިތުރުވޭ.
ލިޔުނީ: ޙަމީދު ހުކުރު, 02 އޮކްޓޫބަރ 2009 16:09

ބުރިޓިޝްގެ ސައިންސުވެރިން އިއްޔެ (1 އޮކްޓޯބަރ 2009) ހާމަ ކޮށްފައިވާ ގޮތުގައި މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިޢުމާލު ކުރުމުން ލިބޭ ކުދިން ނުކުޅެދޭ ކުދިންނަށް ވުމުގެ ޗާންސް ވަރަށް ބޮޑެވެ.
އިތުރު ލިޔުންތައް ....
JPAGE_CURRENT_OF_TOTAL
