"އަޅުގަނޑަކީ އެއްވެސް ކަމެއްގައި ރޭރުވާ މީހެއްނޫން." – އިހަވަންދޫ ކައުންސިލާރ –
އިހަވަންދޫގެ ޑީއާރުޕީގެ ގޮފިން އިސްނަގައިގެން އިހަވަންދޫގައި ބޭއްވެވި، އިޖްތިހާދުގެ ޖަލްސާއަށްފަހު ތަފާތު އެކިއެކި ގޮތްގޮތަށް ރަށުތެރޭގައި ތަފާތު ވާހަކަތައް ފެތުރެމުން ދިޔައެވެ. މިގޮތުން އެންމެ އަޑު ހަރުކޮށް ރަށުތެރޭގައި ދެކެވުނު އެއްވާހަކައަކީ، އިހަވަންދޫ ކައުންސިލާރ އަލްފާޞިލް މުޙައްމަދު ރަޝީދު، އިހަވަންދޫގައި ތިއްބަވާ ފުލުހުންނާ ދެކޮޅަށް މައްސަލައެއް ހުށައަޅަން އުޅުއްވާ ޚަބަރެވެ.
އެއީ، އިހަވަންދޫގައި ބޭއްވެވި އިޖްތިޙާދުގެ ޖަލްސާއަކީ، އެއްވެސް ހުއްދައެއް ރަށުއޮފީހުން ނުދެއްވަނީސް ބޭއްވެވި ޖަލްސާއެއްކަމަށްވާތީ ފުލުހުންގާތު އެޖަލްސާ ހުއްޓުވަން ބުނުމުން އެކަން ނުހުއްޓުވުމުން ހުށައަޅާ މައްސަލައެއްކަމަށް ރަށުތެރޭގައިވަނީ އަޑުފެތުރިފައެވެ. ރަށުތެރޭގައި ވާހަކަތައް މިގޮތަށް ފެތުރެމުންދާތީވެ އެކަމުގެ ދޮގު ތެދު އޮޅުންފިލުވާލުމަށް އިހަވަންދޫ ޑޮޓްކޮމްގެ ފަރާތުން 27 ޖެނުއަރީ 2010 ވީ ބުދަ ދުވަހު މެންދުރުފަހު 2 ގަޑި 30 އެހާކަންހާއިރު، އިހަވަންދޫ ކައުންސިލަރާ ފޯނުން ގުޅުއްވާ، އެކަމުގެ މަޢުލޫމާތު އިހަވަންދޫ ޑޮޓްކޮމްގެ ފަރާތުން ހޯދީމެވެ.
އިހަވަންދޫ ޑޮޓްކޮމްއަށް މަޢުލޫމާތު ދެއްވަމުން ކައުންސިލާރ ވިދާޅުވީ، އެބޭފުޅާއަކީ އެއްވެސްކަމެއްގައި ރޭރުވާ މީހެއްނޫން ކަމަށާއި، ރޭރުވާ މީހުން އެފަދަ އަޑެއްފަތުރާފާނެކަމަށް ވިދާޅުވިއެވެ. ޑޮޓްކޮމްގެ ފަރާތުން، އެޖަލްސާ އިޖްތިޙާދުން ބާއްވަވާފައިވަނީ ހުއްދަ ނުނަގާތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ، އެޖަލްސާ ބޭއްވެވުމަށް އިހަވަންދޫގެ މުނިސިޕަލްޓީއެއްގެ ޙައިސިއްޔަތުންހުރި އިހަވަންދޫ އޮފީހުން އެކަމަށް ހުއްދައެއް ނަގާފައި ނުވާ ކަމަށާއި، ނަމަވެސް ސިޓީއެއް ލިބިފައިވާކަމަށެވެ. އެހެންނަމަވެސް، އެސިޓީއަކީ، ޑިއާރުޕީގެ ރަސްމީ ލެޓަރ ހެޑްގެ ދަށުން އައިސްފާވައި ސިޓީއަކަށް ނުވާތީ އިހަވަންދޫ އޮފީހުން އެސިޓީ ބަލައިގެންފާ ނުވާކަމަށް އިހަވަންދޫ ކައުންސިލާރ ވިދާޅުވިއެވެ. ހުއްދަނުނަގާ އެފަދަ ޖަލްސާއެއްބޭއްވުމީ، ސީދާ ޤަވާއިދުތަކާ ހިލާފުކަމެއްކަމަށް ކައުންސިލާރ މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
ވަކިރަސްމީ ލެޓާރ ހެޑެއް އޮވޭތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ކައުންސިލާރ ވިދާޅުވީ، ޖަމިއްޔާއެއް ކަމުގައި ވިޔަސް އަދި ޕާރޓީއެއް ކަމުގައި ވިޔަސް އެތަން ހޯމް މިނިސްޓްރީގައި ރަޖިސްޓްރީ ކުރައްވާ އިރު އެތަނުގެ ރަސްމީ ލެޓަރ ހެޑް ރަޖިސްޓްރީ ކުރައްވާ ކަމަށެވެ. އަދި ރަސްމީ ލިޔެކިޔުންތަކާއި، ސިޓީތަކުގައި ބޭނުންކުރަންވާނީ، އެލެޓާރހެޑް ކަމުގައި ވިދާޅުވިއެވެ.
އިހަވަންދޫ ޑޮޓްކޮމްއަށް މަޢުލޫމާތު ދެއްވަމުން، ޑީއާރުޕީގެ އިހަވަންދޫ ގޮފީގައި ހަރަކާތްތެރިވަމުން އަންނަ ޙުސައިން ރަޝީދު ވިދާޅުވީ، އިހަވަންދޫ އޮފީހަށް ލިޔެފައިވާ ސިޓީތައް ލިޔެފައިވާނީ، އިހަވަންދޫ ގޮފީގެ ނަމުގައި ކަމަށެވެ. އަދި މާ ޕާޓީގެ ލެޑަރ ހެޑުގައި ސިޓީލިޔުމުގެ އިޙްތިޔާރެއް އެމީހުންނަށް ލިބިފައި ނުވާނޭ ކަމުގައި ވިދާޅުވިއެވެ. އަދި އިހަވަންދޫ މަދަރުސާއާއި އިހަވަންދޫ ޕޮލިސްޓޭޝަނުން އެބޭފުޅުންގެ ސިޓީތައް ޤަބޫލުކޮށްފައިވާއިރު، އިހަވަންދޫ އޮފީހުން އެސިޓީ ޤަބޫލުނުކުރީ ސިޔާސީ މަޤްޞަދެއްގައި ކަމަށް ވިދާޅުވިއެވެ. އެއީ ، އިހަވަންދޫ އޮފީހުގައި ހުރީ ސިޔާސީ މަޤާމެއްގައި ހުރި ސިޔާސީ ބޭފުޅަކަށް ވާތީ ކަމަށްވެސް ޙުސައިން ރަޝީދު ވިދާޅުވިއެވެ. އަދި ޙުއްދަ ނުލިބުމުން ޖަލްސާ ބާއްވަވާފައިވަނީ، އިހަވަންދޫ ހުރަވީ ދަނޑާ އިންވެގެން އިރަށްއޮތް އަމިއްލަ ފަރުދެއްގެ ގޯތިތެރޭގައި ކަމަށާއި، ހުއްދަ ލިބުނުނަމަ ޖަލްސާ ސީދާ ބާއްވަވާނީ، އިހަވަންދޫ ހުރަވީ ބޯޅަދަނޑުގެ މެދުގައިކަމަށް ވިދާޅުވިއެވެ.
ހިޔާލު ދެއްވާ
ފަހުގެ ލިޔުންތައް
- އިމަގު ޖަމިއްޔާއިން އިންތިޒާމްކޮށްގެން އިހަވަންދޫގައި ދީނީ ދަރުސެއް ދިނުމަށް ތައްޔާރުވަމުން އެބަދޭ
- އެމްޑީޕީގެ އިސް ބޭފުޅުން ތަކެއް ޑީއާރުޕީއާއި ގުޅިވަޑައިގެންފި.
- މަގުތަކާއި ގޯޅިތަކާއި އެއްގަމު ވާޓަރުކައިރީ ޤަވާޢިދާ ޙިލާފަށް ބަހައްޓާފައި ހުންނަ ތަކެތި ރަށުއޮފީހުން ނަގަން ނިންމައިފި
- އެދުވަސް ހިނގައްޖެ
- ޑީއާރުޕީ އިހަވަންދޫ ގޮފި -vs- އެމްޑީޕީ އިހަވަންދޫ ގޮފި = ؟
- އިހަވަންދޫ އިރުމަތީ ފަރާތު އަތިރިމަތީގައި އަޅާފައި ހުރި އޮޑި ހަރުގެއެއް އިހަވަންދޫ އޮފީހުން ރޫޅާލައިފި
- ތަޢުލީމީ ދޮރުތައް ބަންދުވިޔަ ނުދޭށެވެ.
- 9 ވަނަ މިނީ ފުޓުބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ބުރެވިހައުސް ހޯދައިފި.
- އެސިޓީ
- އިންޓަރހައުސް 9 ވަނަ މިނީ ފުޓުބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ މެޗުތައް ކުރިއަށް އެބަދޭ.


